ކާސަން ހިފައިފި ކަމަށް ރަޝިއާއިން ބުނެފި

Loading

Facebook
Twitter
WhatsApp

ޔޫކްރޭނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ކާރސަން މިހާރު ވަނީ ރަޝިއާގެ އަސްކަރީ ބާރުގެ ދަށަށް ގެނެވިފައިކަމަށް ރަޝިއާގެ ޢަސްކަރިއްޔާއިން ބުނެފިއެވެ. ނަމަވެސް ޔޫކްރޭނުން ވަނީ ރަޝިއާގެ މި ވާހަކަ ދޮގު ކޮށްފައެވެ. ނަމަވެސް ރަޝިއާގެ ސިފައިން އެ ސަރަހައްދު ވަށާލާފައިވާ ކަމަށް ޔޫކްރޭނުން ވަނީ ބުނެފައެވެ. ނަމަވެސް އެ ރަށް އަދި ރަޝިއާގެ ބާރުގެ ދަށަށް ގޮސްފައި ނުވާ ކަމަށް ޔޫކްރޭނުގެ ރައީސްގެ އެޑްވައިޒަރަކު ވަނީ ބުނެފައެވެ.

ރަޝިއާއިންވަނީ ކާރސަންގެ އިތުރުން ޔޫކްރޭނުގެ އިރު-އުތުރުގެ ރަށެއް ކަމަށްވާ ކާރކިވް އަދި އިރު-ދެކުނުގައިވާ މަރިއޮޕޮލްއަށް ދެމުން އަންނަ ހަމަލާތައް އިތުރުކޮށްފައެވެ. ރަޝިއާގެ މައިގަނޑު އަމާޒެއް ކަމަށް މިވަގުތު ލަފާ ކުރެވެނީ ރަޝިއާއިން ހިފާފައިވާ ކްރައިމިއާ އާއި ޑޮނެޓްސްކް އަދި ލުހަންސްކް ރިޕަބްލިކާ ގުޅުވާލެވޭނެ އެއްގަމު މަގެއް ހެދުމުވެ.

ރަޝިއާގެ ބޮޑު އަސްކަރީ ގާފިލާއެއް ޔޫކްރޭނުގެ ވެރިރަށް ކްޔިވްގެ 25 ކިލޯމީޓަރު އުތުރުގައި ތިބި ކަމަށް ދިފާއީ ބާރުތަކުން މިހާރު ވަނީ ޔަގީން ކޮށްފައެވެ.

ޔޫކްރޭނު ހަނގުރާމައިގައި މަރުވަމުން އަންނަ ރައްޔިތުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. ޔޫކްރޭނުގެ އެމަޖެންސީ އިދާރާތަކުން ލަފާ ކޮށްފައިވާ ގޮތުގައި މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޔޫކްރޭނުގެ 2،000 ރައްޔިތުން ވަނީ މަރުވެފައެވެ. ރަޝިއާގެ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު ހާމަވެފައެއް ނުވެއެވެ. ޔޫކްރޭނުގެ 870،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. ޔޫކްރޭނުން ވަނީ އެ ގައުމު ވީހާވެސް އަވަހަކަށް ޔޫރަޕިއަން ޔުނިއަންއަށް ވެއްދުމަށް އެދިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް