ލަތާމަންގޭޝްކަރު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ނައިޓިންގގޭލްގެ ނަމުން މަޝްހޫރުވެފައިވާ ލަވަކިއުންތެރިޔާ ލަތާމަންގޭޝްކަރު މަރުވެއްޖެ އެވެ.

އުމުން 92 އަހަރުގައި އާދީއްތަ ދުވަހު މަރުވިއިރު ލަތާ އަކީ އިންޑިޔާ އަދި މުޅި ދެކުނުއޭޝިޔާގައިވެސް ލަވަކިއުމާ މިޔުޒިކްގެ ރޮގުން އެފަދަ ދެވަނަ އެއްނުވާ ، އެތައް ޖީލްތަކަކަށް ދެމިގެންދިޔަ ރީތި ވަރަށްވެސް ގިނަ ލަވަތަކެއް ދޫކޮށްފައިވާ ލަވަކިއުންތެރިއެކެވެ.

ކޮވިޑް 19 ޖެހުމުގެ ސަބަބުން ލަތާމަންގޭޝްކަރު ޖެނުއަރީ 11 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވެއެވެ. ނަމަވެސް މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި މިއަދު ލަތާ މަރުވެފައިވަނީ ”މަލްޓިޕަލް އޯގަން ފެއިލިއަރ“ ނުވަތަ އެތެރޭގެ އެތައް ގުނަވަނެއް ފޭލްވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

އަމިއްލަ މަޝްހޫރުކަމެއް ހޯދާފައިވާ ކޮއްކޮ އާޝާ ބޯސްލޭއާކު ލަތާމަންގޭޝްކަރުވަނީ އިންޑިޔާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ލަވަކިޔާދީފައެވެ. އަދި މީގެ ދެބެންނަކީ އިންޑިޔާގެ ބޮލީވުޑްގައި މިހާތަނަށް އުފެދުނު އެންމެ މަގްބޫލް ދެލަވަކިއުން ތެރިން ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

28 ސެޕްޓެމްބަރ 1929 ގައި ދުނިޔޭގެ އަލިކަން ދުށް ލަތާމަންގޭޝްކަރު ފުރަތަމަ ލަވަކިޔާފައިވަނީ އޭނާގެ ބައްޕަޔާއެކު އެކި އެކި ދީނީ އިހްތިފާލް ތަކުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް