ތިނަދޫގައި ހާލަތު ގޯސްވެ ކާފިއު އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ގދ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބަލި ފެތުރުން އެ ރަށުގައި ހަތް ދުވަހަށް ކާފިއު ހިންގަން ފަށައިފި އެވެ.

 

ތިނަދޫ ކައުންސިލުން ބުނީ ކޮވިޑްގެ ހާލަތު ރަށުތެރޭގައި ގޯސްވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހު، ހަތް ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

 

ރަށު ކައުންސިލުން ނިންމާފައިވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާށެވެ.

އެ ވަގުތުތަކުގައ ބޭރަށް ނިކުމެވޭނީ ޒަރޫރީ ބޭނުންތަކަށް، ފުލުހުން ދޫކުރާ ޕޮލިސް ޕާމިޓާ އެކީ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އިތުރަށް އެރަށުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމާއި، ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތު ހަރަކާތްތައް ހިންގުން ވަނީ ކުރިއަށް އޮތް ހަތް ދުވަހަށް މަނާކޮށްފަ އެވެ.

ތިނަދޫގެ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެރަށުގައި 161 އެކްޓިވް ކޭސް އެބަ އުޅެ އެވެ. އިއްޔެ ވަނީ އަލަށް 48 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

 

Loading

One Response

  1. ކިތައް މީހުން މަރުވެއްޖެ؟ މިބުނީ އޮމިކުރޯން ޑެލްޓާ ކޮރޯނާ ޖެހިގެން ކިތަކެއް މީހުން ތިރަށުން މަރުވެއްޖެތޯއެވެ. ރަނގަޅީވެސް 2019، 2020،2021 ގެ މަރުގެ ރިޕޯޓް ލިޔެލަދެއްވިއްޔާއެވެ. އޭރުންތާ މި ކްރޯނާގެ ނުރައްކާތެރިކަން ހުރިވަރު މީހުނަށް އެނގޭނީ. އެހެނީ ބަޔެއް މީހުންބުނަނީ މި ކްރޯނާ އެއް އައިފަހުން އަރިދަފުސް ރޯގާޔާއި ހުމެއް އެނޫނީ ނޫޅޭކަމަށެވެ. ކްރޯނީ ވަޑައިނުގަންވަނީސް މަރުވާ އަހަރަކު މަރުވާ މީހުންގެ ޢަދަދު އެނގުނީމާ އެކަމުގެ ނުރައްކާ ވަޒަންކޮށްލަން އެނގޭނެއެވެ. މިސާލަކަށް ކުރޯނާ ވަޑައި ނުގަންވަނީސް އަހަރަކު އާންމުމަރު 65- 72 މަރު. ކުރޯނާގެ ވަބާ އައިސް އެންމެން ގޭބަންދުގައި ތިބެ ކާފިއު ހިންގާފަ އޮވެ 68ނެ 80 އާއި ދެމެދު. އެހެންވީމާ އެވީ ކިހިނެއް؟؟ ބޮލުގައި ރިއްސާތީ ނުކިޔެވި ހުރި މީހެއްވީމާ އެނގިލަން ބޭނުންވާތީ އަހާލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް