ފޮތް ކިއުމަކީ އަޅުގަޑުމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި ގެޔަކަށް ނިސްބަތްކޮށް ބުނާނަމަވެސް އެގެއެއްގައި ފޮތް ހަރުގަޑެއް ނެތް ގެޔަކީ ފަޅު ތަނެއްގެ ގޮތުގައި ބަޔެއް ފަރާތްކުން ސިފަ ކުރެއެވެ.
ދުނިޔޭގެ މަޝްހޫރު ކާމިޔާބު އެކި ފަރާތްތަކުން އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ފޮތްކިއުން ކަމަށް ބުނެފައި ވެއެވެ. މިގޮތުން އެމެރިކާގެ މަޝްހޫރު މަހުޖަނު، ބިލިއަނަރ ވޮރެން ބަފެޓްގެ ކާމިޔާބީގެ ސިއްރަކީ ވެސް ފޮތް ވިދާޅުވުންކަމަށް ހާމަކުރައްވާފައި ވެއެވެ.
ބަފެޓް ދުވާލަކު 500 ސަފުހާ ވިދާޅުވާކަމަށް ހާމަ ކުރައްވާފައި ވެއެވެ.
އަޅުގަޑުމެންގެ މިއަދުގެ މަސައްކަތުގެ ގަޑިތައް ރޭވިފައި ހުންނަ ގޮތުން އެ އަދަދަށް ސީދާ ފޮތުން ކިއުމުގެ ފުރުސަތު ނުލިބި ދާނެއެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލު ވެފައެވެ. މިގޮތުން ފޮތުގެ ރިވިއު ނުވަތަ ސީދާ ފޮތުން ކިޔަމުންދާ އަޑު އިއްވައި ދޭ އެޕްތައް މިއަދު ތައާރަފު ކޮށްފައި ވެއެވެ. މިފަދަ އެއް ޕްލެޓްފޯމް އަކީ “ ބްލިންކިސްޓް“ އެވެ. މި ”އެޕް“ ފޯނަށް އަޅައިގެން ބޭނުން ކުރާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑުތަނުން އިތުރު ވަމުންނެވެ.
”ބްލިންކިސްޓް“ގެ އައު އީޖާދުގެ ސަބަބުން އެންމެ މަގުބޫލު ނޮންފިކްޝަން ފޮތްތައް އަޑުއަހާލައި ދެނެގަތުމަށް ހޭދަ ވަނީ ފަނަރަ ވަރަކަށް މިނެޓެވެ. ”ބްލިންކިސްޓް“ގެ މިއައު ކޮންސެޕްޓްގެ ސަބަބުން އެތައް މިލިއަން މީހުންގެ ހަޔާތަށް އެދެވޭ ބަދަލުތައް ގެނައުމަށް އެހީތެރިވެދީފައި ވެއެވެ. އަދި ގޫގްލް ގެފަރާތުންމި އެޕަށް ”ޕްރެސްޓީޖިއަސް ޑިޒައިން އެވޯޑް“ ދީފައިވާ އިރު، މި އެޕަކީ ދުނިޔޭގެ އެންމެ ރަގަޅު އެއް އެޕްލިކޭޝަން ކަމަށް އެޕަލް ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ”ބްލިންކިސްޓް“އަކީ އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުން ކުރެވޭނެ ”ގްލޯބަލް ލީޑަރ“ އެއްކަމަށް އދ އިން ވެސް ލިސްޓް ކޮށްފައި ވެއެވެ.
”ބްލިންކިސްޓް އެޕް“ ދުނިޔޭގައި މިހާތަނަށް 21 މިލިއަން މީހުން ބޭނުންކޮށް ނޮންފިކްޝަން ފޮތުގެ ޚަޒާނާއިން ފައިދާ ހޯދަމުން ދެއެވެ.
”ބްލިންކިސްޓް އެޕް“ ބޭނުންކޮށްގެން މިވަގުތު 27 ކެޓަގަރީ އަކުން 5000 އަށް ވުރެގިނަ ފޮތް ކިއުންތެރިންނަށް ނުވަތަ އަޑުއަހާ ފަރާތްތަކަށް ފޯރު ކޮށްދެއެވެ.
މި ފެށުނު 2022 ވަނަ އަހަރު ކިޔާލުމަށް ރަނގަޅު ފަސް ފޮތެއް ”ބްލިންކިސްޓުން“ ފާހަގަ ކޮށްފައި ވެއެވެ. މިފޮތްތައް ތިރީގައި ލިސްޓް ކޮށްފައި އެވަނީ އެވެ.
1. Thirteen Things Mentally Strong People Don’t Do by Amy Morin
ތަރޓީން ތިންގސް މެންޓަލީ ސްޓްރޯންގ ޕީޕަލް ޑޯޓް ޑޫ
https://www.blinkist.com/en/books/13-things-mentally-strong-people-dont-do-en
2. How Will You Measure Your Life? by Clayton M. Christensen, James Allworth and Karen Dillon
ހައު ވިލްޔޫ މެޝަރ ޔޯ ލައިފް
https://www.blinkist.com/en/books/how-will-you-measure-your-life-en
3. Finding Your Element by Ken Robinson
ފައިންޑިންގ ޔޯ އެލިމަންޓް
https://www.blinkist.com/en/books/finding-your-element-en
4. Emotional Intelligence by Daniel Goleman
އިމޯޝަނަލް އިންޓެލިޖަންސް
https://www.blinkist.com/en/books/emotional-intelligence-en
5. How to Stop Worrying and Start Living by Dale Carnegie
ހައުޓު ސްޓޮޕް ވޮރީއިންގ އެންޑް ސްޓާޓް ލިވިންގ
https://www.blinkist.com/en/books/how-to-stop-worrying-and-start-living-en
ފޮތް ވިދާޅުވާށެވެ. އަދި ފޮތް ވިދާޅުވުމުން ލިބިވަޑައިގަންނަވާ ފައިދާ ހޯއްދަވާށެވެ! ހަމަ ޔަގީނުން ވެސް ފޮތް ވިދާޅުވުމުން ގެއްލުމެއް ލިބިވަޑައިނުގަންނަވާނެ އެވެ.