މާލެ ސިޓީގެގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ގަސް އިންދުމުގެ މި ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން 150 ގަސް އިންދުމަށް ހަމަޖެހިފައިވާއިރު މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދާ 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަސްތައް ކަމަށާ ބާކީ 35 އިންސައްތަ ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިތިގަހާއި ސައްކެޔޮ އަދި ދަނބު ގަސްފަދަ ގަސްތައް ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ގަސްއިންދުމުގެ މި ޕްރޮގްރާމްގެ ދަށުން އިންދި ފުރަތަމަ ގަސް އިންދާފައިވަނީ އަމީނީ މަގުގެ ބޭންކުއޮފް މޯލްޑިވްސް ކުރިމަތީގައެވެ. އެ ގަސް އިންދެވީ މާލޭ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ މުއައްޒަފެއްކަމަށްވާ އަބްދުއްލާ ރަމީޒެވެ. އޭނާ އަކީ 39 އަހަރު މާލޭ ސިޓީ ކައުންސިލަށް ހިދުމަތް ކޮށްދީފައިވާ މުއައްޒަފެކެވެ.
އެއް ލައްކަ ގަސް އިންދުމުގެ މި ޕްރޮގްރާމުގެ ދަށުން އިންދާނެ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.
މާލެ ސިޓީ ކައުންސިލްއިން މީގެ ކުރިންވެސް ވަނީ ގަސްއިންދުމުގެ އެކި ޕްރެޮގްރާމްތައް މޭލޭގައި ބާއްވާފައެވެ. ނަމަވެސް އެގަސްތައް ބަލަހްޓަނެ ރަގަނޅު އިންތިޒާމްތައް ނެތުމުގެ ސަބަބުން އެ ޕްރޮގްރާމްތަކުގެ ބޭނުން އެނެމެއެދެވޭ ގަޮތަށް ލިިބިފައި ނުވެއެވެ.