ރާއްޖޭގެ އާބާދީގެ %35 އިންސައްތަ ރައްޔިތުންނަކީ އުމުރުން 60 އަހަރުން މަތީގެ ފިރިހެނުންނެވެ. މި އުމުރުގެ މީހަކު ސަރުކާރަށް ދިގުމުއްދަތެއް ވަންދެން ޚިދުމަތް ކޮށްދީފައި ނުވާނަމަ ލިބޭނެ ޕެންޝަނެއްވެސް ނެތެވެ. ރަނގަޅު ސިއްހަތެއްގައި ހުއްޓަސް އެމީހާއަށް ސިވިލްސާވިސްގެ ވަޒީފާއެއް ވެސް ޙައްގެއް ނޫނެވެ. ވިޔަފާރި ކޮށްގެން އާމްދަނީއެއް ހޯދުމަށްޓަކާ ބޭންކް ލޯނުގަނޑެއްވެސް ޙައްގެއްނޫނެވެ. ހަމަ އެހެންމެ ބޯހިޔާ ވަހިކަމަށް ބޭނުން ވެފައި ހުއްޓަސް ފޯމު ހުށަހެޅުމުގެ ހައްގުން ވެސް އެމީހާ މަޙުރޫމް ވެދެއެވެ. ޢުމުރުން 60 އަހަރުވާ ރައްޔިތު މީހާއަށް މީހަކާ އިނުމުގެ ހައްގުވެސް ނެތެވެ. މިއުމުރަށް ދިއުމުން ދަރިޔަކު ހޯދުމަކީ ވެސް އެ ރައްޔިތު މީހާ ކޮށްގެންވާނޭ ކަމެއްނޫނެވެ. މީހަކާ އިނދެ ދަރިޔަކު ލިބިއްޖެ ނަމަ އެ ދެމައިންނަށް ޚަރަދު ކުރާނޭ ވަސީލަތެއް ދައުލަތަކުން ފަހިކޮށްދޭކަށެއް ނުޖެހެއެވެ.
ޢުމުރުން 60 އަހަރުވާ މީހުންގެ ބޮލަށް ބަޑިޖަހައި އެމީހާ ނައްތާ ނުލަނީ އެމީހާ އަނބިދަރީން ގޮވައިގެން ގައުމުގައި ގަނަތެޅޭ މަންޒަރު ސަރުކާރުގެ ވެރިން މަތިގޭގައި ތިއްބަވައިގެ ބެއްލެވުމަށް ޓަކައެވެ. މިފަދަ ބައެއް މީހުން ވިޔާފާރި ކުރާ ތަންތާނގެ ވޮޗަރުންގެ ގޮތުގައި ވަޒީފާ އަދާ ކުރާތަން ފެނެއެވެ. ވަޒީފާއިން މަޙުރޫމް ވުމުން މާރުކޭޓްގެ ގޮޅިތައް ބޮޑެތި މީހުންގެ އަތުން ބޮޑު އަގުގައި ކުއްޔަށް ނަގައިގެން މަސައްކަތް ކުރާ ރައްޔިތުން ގައުމުގައި އުޅޭ މަންޒަރު ފެނެއެވެ.
އުމުރުން 60 އަހަރު ވުމުން އެ ރައްޔިތުމީހާ މަރުވާން ޖެހޭނެއެވެ. މީ ދައުލަތުން މިފަދަ ރައްޔިތުންނާ މެދު ބައްލަވާގޮތެވެ. ފަސްދޮޅަސް އަހަރުވާ މީހުންނަށް މިނޫން އެހެން މަގެއް ދައުލަތަކުން ނުދައްކަވައެވެ.
ކަން މިހެން ހުރި ނަމަވެސް ކޮންމެ އިންތިޚާބެއް ބޯމަތި ވުމުން 60 އަހަރުވީ މީހުންގެ ބޭނުން ޖެހެއެވެ. ވެރިން ވޯޓް ހޯދަން އުޅުއްވާ ދުވަސް ކޮޅު އައުމުން 60 އަހަރަކަށް ނުބައްލަވައެވެ. ވޯޓުން އިންތިޚާބު ވުމުން މިދެންނެވި ޢުމުރުގެ މީހުން އުޅޭ ޙާލެއް ނުބައްލަވައެވެ. ޢުމުރުން 55 އަހަރު ވުމަށްފަހު 65 އަހަރު ވަންދެން ދައުލަތުން މިއިން އެއްވެސް ރައްޔިތެއްގެ ހައްގެއް އޮތްތޯ ވެސް ބައްލަވާނުލައްވައެވެ. އުމުރުން 65 އަހަރު ވުމުން 5000 ރުފިޔާގެ ޕެންޝަނެއް ދެއްވައެވެ. މިދެންނެވި ޢުމުރަށް ދާއިރު ގިނަ މީހުން މިދުނިޔެ ދޫކުރެއެވެ. އެހެން ކަމާއެކު އާބާދީ މިދެންނެވި %35 އިންސައްތަ ފިރިހެނުންނަށް ދައުލަތުން ހައްގުވާމިންވަރު ހޯއްދަވައި ނުދެއްވާ އެއްވެސް ފަރާތަކަށް ވޯޓު ދިނުމަކީ މިދެންނެވި ޢުމުރުގެ މީހުންނަށް އޮތް ހައްގެއް ކަމަށް ގަބޫލު ނުކުރަމެވެ.
ހަށިގަނޑުގައި ވަރުހުރި ސިއްހީ ގޮތުން ދުޅަހެޔޮ މިދެންވި ފަރާތް ތަކާމެދު ސަރުކާރުން އަޅާ ނުލައްވާނަމަ މިޢުމުރުގެ ރައްޔިތުންގެ ވޯޓް އެއްވެސް ފަރާތަކަށް ނުދިނުމަށް ގޮވާލަމެވެ.
އޯގާވެރި ސަރުކާރެއް ވުޖޫދު ވުމުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން އޮވެގެން ނުވާނެއެވެ. މިހާރު އާބާދީގެ %60 އިންސައްތަ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ނިކަމެތި ޙާލުގައެވެ. ގޭކުއްޔާއި ކަރަންޓް ބިލާއި ފެންބިލާއި ކުނީގެ ބިލްތަކަށް ދައްކާނެ ރުފިޔާއެއް ނުލިބި އަސާސީ ހައްގުތަކުން މިދެންނެވި އިންސައްތަ ރައްޔިތުން އެދަނީ މަޙުރޫމް ވަމުންނެވެ.
މުސްލިމް އުންމަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ނުބައްލަވާ ވެރިން ވިސްނަވަންވީ ހިސާބުބައްލަވާނޭ ދުވަހެއް އޮތްކަމެވެ. ސިރާޠުމަގު ފަހަނަޅައި ދެވެނީ މީހުންގެ ހައްގުތައް އަދާ ކުރުމަށްފަހުގައި ކަން ވެރިންނަށް ނޭނގެނީ ބާއެވެ!
މިގައުމުގައި ދުވާލަކު އެއްފަހަރު ކައިގެން އުޅެނީ ކިތައް ރައްޔިތުން ތޯއެވެ؟ އަސާސީ ހައްގުތައް ފުރިހަމައަށް ލިބޭތޯއެވެ؟ ޒިންމާވާ ފަރާތަކީ ކޮބައި ހެއްޔެވެ؟
ބަނޑުފުރާނަ މުއްތި ނުކުރެވޭނަމަ ސަލާން ޖެހުމާއި ވައްކަން ކުރުމާއި ފޭރުމާ މިހެންގޮސް ޙަރާމް އެތައް ކަމެއް މުޖުތަމަޢުން ނުފެނިއެއް ނުދާނެއެވެ.
ގައުމެއްގެ ކަރާމާތަކީ ވެރިން ރައްކާތެރި ކުރަން ޖެހޭ އެއްޗެކެވެ. ރައްޔިތުން ދަތި ޙާލުގައި އުޅޭނަމަ އެގައުމެއްގެ ކަރާމާތް ގެއްލިގެންދާނެއެވެ.
ގައުމެއްގެ މޫނުބަލާ ފުރަތަމަ ލޯގަނޑަކީ ވެރިންނެވެ. ރައްޔިތުން ބަލާނީ ވެރިންގެ އުޅުމާއި އަޚުލާޤަށެވެ. އޯގާވެރި ކަމާއި ދީންވެރި ކަމަށެވެ. ވެރިން ގޯސް ވެއްޖެ ނަމަ ގައުމު ވެސް ދާނީ ގޯހުން ގޯހަށެވެ.
3 Responses
60 aharuge anhenungevaahakanetee keeveba eumuruge anhenun duniyeega nooleneeta
މިލިޔުން ކިޔަން ފެށީ ވވވ ޝައުގުވެރިވެ ހުރެ. ފުރަތަމަ ޕެރެގުރާފުން ދޮގު މައްޗަށް ދޮގު ހަދާފައިވާތީ މި ލިޔުން ލިޔުނު މީހާ އެއީ ހަމަ މީހެއްތޯ ސުވާލު އުފެދޭ. ކޮން އިރަކު މީހަކާ އިނުން އުމުރުން ދޮށީ ވުމުން މަނާވީ. 35% ފިރިހެނުން މިއީ ކޮން ގޮތަކުން ލިބުނު އަދަދެއް؟ ކޮބާ ރިފަރެންސަކީ!؟؟ ހަމަ ހިތު ބުރިއެއް ެެެެެެ އް
ލިޔެނަގަނީ
ވަރަށް ޒިންމާދާރުކަން ކުޑަ ރިޕޯޓެއް.. 65 އަހަރު ގައި ގިނަ ބަޔަކު މަރުވެޔޭ ބުނާއިރު ރާއްޖޭގެ އެވްރެޖް އުމުރު އުޅެނީ މިހާރު 70 އަހަރުން މަތީ ގައި. ވަޒީފައިގައި ހުރި މީހަކު 60 އަހުރުވިޔޭ ކިޔާފައި ވަކި ނުކުރޭ.. 65 އަހަރު ވީމަ ވަކި ކުރަނީ.. ވަޒީފާ އަދާ ނުކޮއް ހުރެފައި 60 އަހަރު ވީމަ ވަޒީފާއެއް ހޯދަން އުޅުނަސް ދުނިޔޭގެ އެއްވެސް ތާކު އެއުމުރުގެ މީހަކަށް އަލަށް ވަޒީފާއެއް ނުދޭނެ.. ރަނގަޅު ނޯންނާނެ އެއްގޮތެއްވެސް. 60 އަހަރަށް ޕެންޝަން އުމުރު ބަދަލު ކުރާއިރަށް 55 އަހަރުގެ މީހުންގެ މީހުން ހައްގުތައް ކޮބާހޭ ކިޔާނެ.. އުފަންވާ ކޮންމެ މީހަކު ދިރިއުޅުމުގެ އަސާސީ ހުރީހާ ހަރަދެއް ކުރަންޖެހެނީ ދައުލަތުންތަ!