ފަތުރުވެރިކަމުގެ ރަން ޔޫބިލް ލޯގޯ އަންނަ މަހުންފެށިގެން ރަސްމީ ލިޔުންތަކުގައި ބޭނުންކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”2022 :ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މައުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ފޮނުވާނެއެވެ.

އަދި، އެ މައުލޫމާތު ލިބުމުން ސަރުކާރުގެ އޮފީސްތަކުން ލޯގޯ ޖަހަމުން ގެންދެވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިއާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ވެސް ވަނީ ދެންނެވުމުގައި އަންގަވާފައެވެ.

މި ލޯގޯއަކީ ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި، ސަގާފަތާއި ތަރިކަ ދޭހަވާގޮތަށް ފަރުމާ ކުރެވިފައިވާ ލޯގޯއެކެވެ. މިލޯގޯ ފަރުމާކޮށްފައިވަނީ ދިވެހި ދެ އާޓިސްޓުން ކަމަށްވާ އަބްދުއްލާ ނަޝާތު އާއި އަހުމަދު އަޒްލިފް އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް