އިދިކޮޅުން ރޭ ބޭއްވި “ ކޮތަރުކޮށި“ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނެއްކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ޝަރީފް ދެއްވި ރައްދުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރާވައިގެން ފޭރިގެންފައިވާ ކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެއްޖެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޝަރީފަކީ އަރާހުރި ހާއިނެއް ކަމަށެވެ.
”މިކަން ފެށުނީ 2018 ގައި އިންތިޚާބުން އަޅުގަނޑު ބަލި ނުކުރެވޭނެކަން ޔަގީންވި ހިސާބުން މިހުރިހާ ޗަރުކޭހެއް ކުޅެން ފެށީ، އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާގޮތަށް އެއީ މިދެންނެވި މީހުންގެ ތެރޭގައި ހުރި އަރާހުރި ޚާއިނެއް އެގޭނެ ކަންތައް ހިގާދިޔަ ގޮތް.“ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
އެ ވާހަކަތަކާއި ގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުރިމަތީ ވޯޓް ލައި ވޯޓް ގުނާ ސާފް ވޯޓަކުން ބަލިވީމާ ޕޯޑިއަމަށް އަރާ މާ ކޫލް ކަމެއް ކަމަށް ހީކޮށް ވާހަކަ ދެއްކެވުމަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާ ރީތި ކަމެއް ނޫންކަމަށެވެ.
“ ރައްޔިތުން އެންމެން ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފް ވޯޓަކުން ބަލިވީމާ ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް އަރާ ހުރެ މާ ކޫލް ކަމެއް ކަމަށް ހީކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާ ރީތި ކަމެއް ނޫން“ 2018 ވަނަ އަހަރުގެ އިންތިހާބު ކުރިއަށް ދިޔައިރު އިލެކްޝަން ކޮމިޝަނުގެ ރައީސްއަކަށް ހުންނެވި ޝަރީފް ކުރެއްވި ޓްވީޓެއްގައިވެއެވެ.
ޝަރީފް ކުރެއްވި އެ ޓްވީޓް ރި ޓްވީޓް ކުރައްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޝަރީފް ދެއްކެވި ވާހަކަތަކުން އިންތިހާބު ”ފޭރިގެންފައި“ އޮތްކަން ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭ ކަމަށެވެ.
“ 2018ގެ ރިޔާސީ އިންތިހާބު ބޭއްވުނުއިރު އިލެކްޝަން ކޮމިޝަނުގެ ރައީސް އަކަށް ހުންނެވި ބޭފުޅަކު މި ޓްވީޓް މި އިބާރާތުން ކުރެއްވީމާ ރާވައިގެން އިންތިހާބް ފޭރިގަނެފައި އޮތްކަން ޝައްކެތްނެތް މިންވަރަށް ޔަގީން ކޮށްދޭ “ ޝިޔާމު ކުރެއްވި ޓްވީޓް ގައި ވެއެވެ. ޝިޔާމްގެ ޓްވީޓްގައި ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ފުލުހުންނަށާއި ސްޕްރީމް ކޯޓް އަދި ޕީޖީ އޮފީސް ޓެގް ކުރައްވާފައެވެ.
2018 Riyaasee Inthikhab beyvvunu iru @ElectionsMv ge Raeesakah hunnevi beyfulhaku mi tweet mi ibaaraathun kurevveema raavaigen inthikhab feyriganefai oiykan shakkeh neiy minvarah yageenkohdhey. Mikan thahuqeeg kuranjehey @PoliceMv @PGO_MV @SCMaldives https://t.co/QUrN5mFNm9
— Ahmed Shiyam (@Shiyamaldives) December 11, 2021
One Response
Shareef keeve votuthah andhaalee masalaeh ohvaa votu karudhaasthan andhaeh nuleveyne thee fakka vagu haaineh