ޝަރީފްގެ ރައްދު ރައީސް ޔާމިނަށް: ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސެއް ކުރަން ރީތި ކަމެއްނޫން

Loading

Facebook
Twitter
WhatsApp

 

 

ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިއުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއް ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަހުމަދު ޝަރީފް އާދަމު ރައީސް އަބްދުއްލާ ޔާމިނަށް ވަރުގަ ރައްދެއް ދެއްވައިފިއެވެ.

ރައީސް  ޔާމިނަށް ރައްދު ދެއްވައި ޝަރީފް މިއަދު ވަނީ ވަރުގަދަ ޓްވީޓްތަކެއް ކުރައްވާފައެވެ.

“ ރައްޔިތުން އެންމެން ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފް ވޯޓަކުން ބަލިވީމާ ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް އަރާ ހުރެ މާ ކޫލް ކަމެއް ކަމަށް ހީކޮށް ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާ ރީތި ކަމެއް ނޫން“ 2018 ވަނަ އަހަރުގެ އިންތިހާބު ކުރިއަށް ދިޔައިރު އިލެކްޝަން ކޮމިޝަނުގެ ރައީސްއަކަށް ހުންނެވި ޝަރީފް ކުރެއްވި ޓްވީޓެއްގައިވެއެވެ.

ރައީސް ޔާމިނަށް ރަށްދުތަކެއް ދެއްވައި ޓްވީޓްތަކެއް ޝަރީފް ކޮށްފައިވަނީ ރޭ އިދިކޮޅުން ބޭއްވި “ ކޮތަރުކޮށި“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފަކީ ބޮޑު ޚާއިނެއް ކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަފުޅުތަކާ ގުޅިގެންނެވެ.

”މިކަން ފެށުނީ 2018 ގައި އިންތިޚާބުން އަޅުގަނޑު ބަލި ނުކުރެވޭނެކަން ޔަގީންވި ހިސާބުން މިހުރިހާ ޗަރުކޭހެއް ކުޅެން ފެށީ، އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާގޮތަށް އެއީ މިދެންނެވި މީހުންގެ ތެރޭގައި ހުރި އަރާހުރި ޚާއިނެެއް އެގޭނެ ކަންތައް ހިގާދިޔަ ގޮތް.“ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

ރާއްޖެ މިއަދު ތަޖުރިބާ ކުރަމުންދާ ހިތްދަތި ކަމާއި އަޅުވެތި ކަމުގެ ފެށުމަކީ 2018 ގެ އިންތިހާބު އޮޅުވާލުން ކަމަށާ އެކަމުގެ އަގު އެކަން ކުރި ބަޔަކު ދައްކަން ޖެގޭނެ ކަމަށްވެސް ރައީސް ޔާމީން ރޭ ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައ ޔާމިނަށް ކުރައްވާފައިވާ ހުކުމުގެ ބައެއް ހާމަކުރައްވައި ޝަރީފް ވިދާޅުވީ ހުކުމް ކިޔާލީމާ ރައީސް ޔާމީނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅެއްކަން ސާފްވާކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް ޔާމިން އެމަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. ޝަރީފް ފާހަގަ ކުރެވިފައިވަނީ ކުރިން ރައީސް ޔާމިން އާއި ވަރަށް އަރިހުގައި އުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމިނާއި ޝަރީފާއި ދެމެދު ހިތް ހަމަނުޖެހުން އުފެދުނީ ރިޔާސީ އިންތިޙާބުން ރައީސް ޔާމިނަށްލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުއެވެ.

އެ ނާކާމިޔާބަށްފަހު އިންތިހާބުގެ މިނިވަން ކަމާމެދު ރައީސް ޔާމިން އާއި ޕީޕީއެމުން ސުވާލު އުފެއްދައި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާ އިހުތިޖާޖުތައްވެސް ކުރިއަށް ގެންދިޔައެވެ.

 

Loading

One Response

  1. އެމީހަކަށް ހެދުނު ދޮގެއް ހަދައިގެން ކުރިއަށްދާންވީއެވެ. މިގައުމު މިވަނީ އިންޑިއާއަށް ދީފައެވެ. ދިއްލީން ތި ދެބޭފުޅުންގެ ޒުވާބާއިމެދު އެއްޗެއް ވިދާޅުވަން ދެން ތޮޅޭށެވެ. ފަހުބަސް ބުނާނީ ދިއްލީ އޮފީހުންނެވެ. ޝުކުރިއްޔާ.

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް