ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އިތުރަށް ވަރަށް ގިނަ ގައުމުތަކުން ނުރައްކާތެރިކަމަށް ބުނަމުންދާ އޮމިކޮރޯން ޖެހިފައިވާ ދެ މީހުން އިންޑިއާއިން ފެނިއްޖެއެވެ.
ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާއިން 450،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް، ކޮވިޑް-19ގެ އެންމެ ނުރައްކައުތެރި ވައްތަރުކަމަށްވާ އޮމިކޮރޯން ޖެހިފައިވާ ބަޔަކު ފެނުނު ވާހަކަ އިވުމުން އިންޑިއާ އާއި އެ ގައުމުގެ އަވަށްޓެރިންނަށް ވެސް ވަނީ ބިރުވެރިކަން ފެތުރިފައެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި އޮމިކޮރޯންއަކީ ވަރަށް ހަލުއިކަމާއެކު ފެތުރިގެންދާ ވައިރަހެކެވެ. އަދި އެ ވައިރަސް ޖެހިގެން ބަލިވާ މީހުންނަށް ދޭނެ އެކަށީގެންވާ ވެކްސިނެއް އަދި ބޭހެއްވެސް އުފައްދާފައެއް ނުވެއެވެ.
އިންޑިއާގެ ސިއްހީ ވުޒާރާގެ އިސް ބޭފުޅެއްކަމުގައިވާ އަގަރުވާލު ވިދާޅުވިގޮތުގައި އޮމިކޮރޯން ޖެހިގެން ފެނިފައި ވަނީ ކަރުނާޓަކާގެ ދެ ފިރިހެނުންނެވެ. އެއީ އުމުރުން 66 އަހަރާއި 46 އަހަރު ވެފައިވާ ދެމީހުންނެވެ.
އަގަރުވާލު ވިދާޅުވިގޮތުގައި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންނާ ގާތް ގުޅުމެއް ބާއްވާފައިވާ މީސްމީހުން ހޯދައި އެމީހުންގެ ހަށިގަނޑުގައި ބަލީގެ އަސަރު ހުރިތޯ ބެލުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އަލަށް ފެނުނު ވައިރަހާ ގުޅިގެން އިންޑިއާއަށް ދަތުރުފަތުރު ކުރުން ބައިނައިލްއަގުވާމީ ގޮތުން އަދި މިހާތަނަށް މަނާކޮށްފައެއްނުވެއެވެ.
ނަމަވެސް ސަރުކާރުން ގެންދަނީ އިންޑިއާއަށް އެތެރެވާ މީހުން ރަނގަޅަށް ބަލައި ޗެކުކުރުމާއެކު ރައްޔިތުންނަށް ވެކްސިން ދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.
އޮމިކޮރޯން ޖެހިފައިވާ ގައުމުތަކުން އިންޑިއާއަށް އަންނަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ތިއްބަސް އެމީހުން ހަތް ދުވަހަށް ކަރަންޓީނު ކުރުމުގެ ސިޔާސަތެއް ވެސް އިންޑިއާއިން ވަނީ އެކުލަވާލާފައެވެ.
One Response
Infiyaa aj meehun.gos ais.ulumuge.hujfa.oveado egsumakan heenuvea manaakuraanehen