ޕާކިސްތާން ފުލުހަކު އޭނާގެ ދަރިން ވިއްކާލުމަށް މަގުމަތީގައި

Loading

Facebook
Twitter
WhatsApp

 

 

ޕާކިސްތާނުގެ ފުލުހަކު މަގެއްގެ މަތީގައި އޭނާގެ ދަރިން ވިއްކާލުމަށް މަސައްކަތް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފުލުސް މީހާ އޭނާގެ ދެ ފިރިހެން ދަރިން ވިއްކާލުމަށް މަސައްކަތްކުރީ ރިޝްވަތުގެ ގޮތުގައި އޭނާގެ މަށްޗަށް ތިބި މީހުންނަށް ދޭންޖެހޭ ފައިސާއެއް އޭނާ އަށް ނުދެވުމުންނެވެ.

ފުލުސް މީހާ ދަރިން ވިއްކުމަށް ގޮވާލާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވާނުވާނޭގިފައިވާ ދެ ކުދިން އޭނާގެ ކައިރީގައި ތިބި އިރު ފަހަރަކު ކުއްޖަކު އުރައިލައިގެން އޭނާ ގޮވަމުން ދިޔައީ 50،000 ޕާކިސްތާނީ ރުޕީސް  ( 4412 ރުފިޔާ) އަށް ދަރިއެއް ވިއްކާލާނެކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވީޑިއޯއިން ފެންނަ ފުލުސް މީހާ އަކީ ޖަލުކަންތައްތަކާ ބޭހޭ ޑިޕާޓްމަންޓެއްގައި މަސައްކަތްކަތް ކުރާ ލަޝާރީ ކިޔާ މީހެކެވެ.

ލަޝާރީ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާނާއަށް ދަރިން ވިއްކުމަށް މަޖުބޫރުވީ އޭނާގެ ޑިޕާޓްމަންޓްގެ އިސްވެރިންނަށް ރިޝްވަތު ދޭނެ ފައިސާ އެއް އޭނާގެ އަތުގައި ނެތުމުންނެވެ.

އޭނާ ބުނާ ގޮތުގައި ކުދިން ވިއްކަން އޭނާ ގޮވައިލީ އޭނާގެ ދަރިފުޅުގެ އޮޕަރޭޝަނެއް ކުރަން ޗުއްޓީ އަކަށް އެދުމުން އޭނާގެ އޮފީސް ބޮސް އެދުނީ ރިޝްވަތަށެވެ. އަދި އޭނާގެ އަތުގައި ވެރިޔާއަށް ދޭނެ ފައިސާ ނެތުމުން ޗުއްޓީ ކެންސަލްކޮށް، މަސައްކަތްކުރާ އޮފީސް ބަދަލުކުރިއެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަން ދާން ޖެހެނީ އޭނާ ދިރިއުޅޭ  ލަރްކަނާ ސިޓީއާއި 120 ކިލޯމީޓަރު ދުރު ސަރަހައްދަކަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

“ ކީއްވެ އަހަރެންގެ މަށްޗަށް ތިބި މީހުން މި ހެން އަހަރެންނަށް ހެދީ. އަހަރެން މިހުރީ ގޮތް ހުސްވެ ހަދާނެ ގޮތް ނޭގިފަ. ދަރިފުޅުގެ އޮޕަރޭޝަނަށް ދާން އަހަންނަށް މިޖެހެނީ ރިޝްވަތު ދޭން. އަހަރެންގެ އަތުގަ ނެތް އެހާ ފައިސާއެއް. އެންމެ ދެރަވެގެން ގޮސް އަހަރެންގެ އަތުގައި ނެތް މިކަމާ މައްސަލަ ޖައްސަން ކަރާޗީއަށް ދާނެހާ ފައިސާވެސް“ ލަޝާރީ ބުންޏެވެ.

 

ލާޝާރީގެ ވީޑިއޯ މަޝްހޫރުވުމާއި ގުޅިގެން މީޑިއާއިން އޭނާއާއި ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ ވީޑީއޯ މަޝްހޫރު ވުމުން އަޖައިބެއް ނުވާކަމަށާ، ތިމަންނާ އަކީ ދަރިންނަށް ޓަކާ ހަދާނެގޮތް ނޭގިފަ ހުރި ބައްޕައެއް ކަމަށެވެ.

މި ވީޑީއޯ އާއި ގުޅިގެން އެތަށް ބައެއްގެ ފާޑުކިއުންތައް މިހާރުވަނީ ޕާކިސްތާނަށް އަމާޒުވެފައެވެ.

 

އެތަށް ބަޔަކު ދަނީ ޕާކިސްތާނުގެ ފުލުހުންނާއި އެގައިއުމުގައި ކަރަޕްޝަން އޮތް މިންވަރު އަންދާޒާ ކުރެވޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް