ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ " ނެޓް ޒީރޯ" އަމާޒަށް ރައީސް ސާލިހު ތައުރީފް ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

 

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ “ ނެޓް ޒީރޯ“ އަމާޒަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުރީފް ކުރައްވައި ވާހަގަފުޅު ދައްކަވައިފި އެވެ.

އިންޑިއާގެ ނެޓް ޒީރޯ އަމާޒަށް ތައުރީފްކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ އިންޑިއާ އާ ސަފީރު ފަތްކޮޅު އެރުއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫއްރިއްޔާ ވަނީ 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވުމުން އެކަމާ ތައުރީފް ކުރައްވައި ވާހަކފުޅު ދައްކަވާފައެވެ.

ރައީސް ސާލިހު އިންޑިއާގެ ނެޓް ޒީރޯ ޓާގެޓާއި ގުޅިގެން މޯދީއަށް ތައުރީފް ކުރައްވާފައިވާއިރު، އިންޑިއާގެ އެ އަމާޒު، އެހެން ގައުމުތަކަށް ވުރެ ލަސްކޮށްފައި ވުމުން ދުނިޔޭގެ ތިމާވެށީގެ އެކްޓިވިސްޓުންނާއި ތަޖުރިބާކާރުންގެ ފާޑުކިއުންތައް އެގައުމަށް ވަނީ އަމާޒުވެފައެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ކަނޑައަޅާފައިވާ ”ނެޓް ޒީރޯ“ ޓާގެޓަކީ 2050ވަނަ އަހަރާއި 2060ވަނަ އަހަރެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވެސް މިހާރު ވަނީ ”ނެޓް ޒީރޯ“ ގެ ޓާގެޓު ކަނޑައަޅައިފައެވެ. އެގައުމުތަކުން ވަނީ 2050އަށް ޓާގެޓު ކަނޑައަޅައިފައެވެ. މީގެއިތުރުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން ވެސް ވަނީ އެ ޓާގެޓު 2060ވަނަ އަހަރަށް ކަނޑައަޅައިފައެވެ.

ނަމަވެސް އިންޑިއާއިން ބުނީ އެގައުމުގ ”ނެޓް ޒީރޯ“ އަށް ވާސިލުވުމަށް މަސައްކަތް ކުރާނީ 2070ވަނަ އަހަރު ކަމަށެވެ. އެ އަމާޒަކީ ސައިންޓިސްޓުން ވެސް ކަނޑައަޅާފައިވާ އަމާޒަށްވުރެ 20 އަހަރު ފަހެވެ.

 

ނެޓް ޒީރޯ، ނުވަތަ ކާބަން ނިއުޓްރަލް ގައުމަކަށް ވުމުގެ މާނައަކީ، ޖައްވުގައި ގްރީންހައުސް ގޭސް އެކުލެވޭ މިންވަރު އިތުރުނުވުމެވެ.

 

 

 

Loading

One Response

  1. ސޯލިޙު ރައީސް އަކަށް އެނޫން އެހެން ގޮތެއް ނެތެެއްނޫންތޯއެވެ. އެމީހާއާއި އެކަށީގެން ނުވާ މަގާމު މީހަކާއި ޙަވާލުކޮށްފިނަމަ އެމީހާގެ އެފެންވަރު ނެތުމުން ދެން ޖެހޭނީ ހަކުރު ދެންޏާ ބޮޑުބޭބެގެ އެނހީ ހޯދާށެވެ. ނުވަތަ އެބައިމީހުންގެ ބާރުގައި ވެރިކަމުގައި ހުރެވޭތޯ ބެއްލެވުމެވެ. ވީމާ ހިތާއި ދެކޮޅަށްވެސް ހަމަ ވާނީ އެހެނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް