ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކުރުމަށް ގާތްގަޑަކަށް 150 ގައުމަށް ތުރުކީން އެހީވެދީފައިވޭ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކުރުމަށް ތުރުކީއާއި ރަހުމަތްތެރި ގާތްގަޑަކަށް 150 ގައުމަށް ތުރުކީން އެހީވެދީފައިވާކަމަށް ތުރުކީގެ ރައީސް އުރުދުގާން ވިދާޅުވެއްޖެއެވެ.

“ މާސްކުން ފެށިގެން ޕީއީޕީއާއި  ބޭހާއި މިފަދަ ހުރިހާއެއްޗެއް މިބަލާއާފާތުގެ ދަނޑިވަޅު، ގާތްގަޑަކަށް 150 ގައުމަށް އަޅުގަނޑުމެން މިދަނީ ފޮނުވަމުން“  އުރުދުގާން ވިދާޅުވިއެވެ. 

މިދިޔަ ބުރާސްފަތިދުވަހު މިބަލިމަޑުކަމުން 220,546 ރަނގަޅުވިކަން ޔަގީން ވިއިރު، ތުރުކީގައި 237,265 މީހުންނަށްވަނީ މި ބަލި ޖެހިފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު  5,798އަށް ވަނީ އަރާފައެވެ. 

މިދިޔަ ޑިސެންބަރު މަހު ޗައިނާއިން ކޮރޯނާވައިރަސް ފެނުނުފަހުން، 188 ގައުމަކުން 715,500 އަށްވުރެ ގިނަމީހުންވަނީ މިބަލީގައި މަރުވެފައެވެ. 

ޔޫއެސްގެ ޖޯން ހޮޕްކިންސް ޔުނިވަރުސިޓީން އެއްކުރާ މައުލޫމާތަށްބަލާއިރު، ދުނިޔޭގެ  އެކި ކަންކޮޅުތަކުން 19.12މިލިއަން މީހުންނަށް މިބަލި ޖެހިފައިވާ ކަމަށްވަނީ ރިޕޯޓުކޮށްފައެވެ. އަދި 11.59 މިލިއަން މީހުންނަށްވުރެ ގިނަމީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. 

Loading

One Response

  1. ކްރޯނާ އައް ޚަރަދު ކުރުން އޯކޭ. މޮޑީގެ ވަބާއިން މުސްލިމް އުއްމަތް ހިމާޔަތް ކުރުން ވެސް ވ މިހިއްމު!!

Leave a Reply to މައިސަން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް