ލީބިޔާގެ ފޮރިން މިނިސްޓަރު ނަޖްލާ ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

ލީބިޔާގެ ރިޔާސީ ކައުންސިލުން އެގައުމުގެ ފޮރިން މިނިސްޓަރު ނަޖްލާ މަންޖޫޝް ސަސްޕެންޑްކޮށް އެހެން ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކައުންސިލުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތިން މެންބަރުން ހިމެނޭ ބޯޑަކުން މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ނަޖްލާ ސަސްޕެންޑު ކޮށްފައިވަނީ، ކައުންސިލުގެ މަޝްވަރާ އަކާ ނުލައި ފޮރިން ޕޮލިސީ ކުރިއަށް ގެންދިއުމުންނެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކައުންސިލުގެ ތަރުޖަމާނު ދެއްވާފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރުގެ ބަހެއް ލިބިފައި ނުވި ނަމަވެސް، ރިޔާސީ ކޮމިޝަންގެ ނިންމުމާ ދެކޮޅަށް އެގައުމުގެ ސަރުކާރުންވަނީ ބަޔާނެއް ނެރެފައެވެ. ލީބިޔާ ސަރުކާރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ނެރެފައިވާ އެ ބަޔާނުގައި ވަނީ މިނިސްޓަރު ނަޖްލާގެ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށް، ކުރިއެކޭ އެއްގޮތަށް މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނެކަމަށް ބުނެފައެވެ.

އަދި އެގްޒެކިއުޓިވް އޮތޯރިޓީގެ މެންބަރުން އައްޔަނުކޮށް އެ މެންބަރުން ސަސްފެންޑް ކުރުމުގެ އެއްވެސް ހައްގެއް ރިޔާސީ ކައުންސިލަށް ލިބިގެން ނުވާކަމުގައި ވެސް އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް