މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 131 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 95 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 28 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,915 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,836 އެކްޓިވް ކޭސް ހިމެނޭއިރު 29 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 243 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 85,823 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.