100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

 

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް ޒައިދު ހަބީބް (25އ)ގެ ބަންދު މުއްދަތު އިތުރު ފަސް ދުވަހަށް އިތުރުކޮށްފަ އެވެ. މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

 

މިމީހުން ހައްޔަރުކުރީ މަހު 13ގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 100 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ.

 

އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެ ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވެއެވެ. އެ ދެ މީހުންނަކީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެމީހުންކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންނެވެ.

މީގެއިތުރުން މިމައްސަލާގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވެސް ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ހައްޔަރުގައި ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް