ހިޔާ މަޝްރޫއުގައި ކަރަޕްޝަން ހިމެނޭކަމަށް ބުނެ ތަހުގީގު ހިންގުމަށް އެދި ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ މަޝްރޫއު ހިންގާފައިވަނީ މަކަރާއި ކޮރަޕްޝަން އެކުލެވިގެންވާ ގޮތަށް ކަމަށާ އެ މަޝްރޫއު ހިންގާފައިވާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތި ވެފައިވާ ކަމަށެވެ.

ހިޔާގެ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓުން ކުއްޔަށް ދީފިނަމަ ބޮޑު ގެއްލުމެއް ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައިވާކަން ފާހަގަ ކުރައްވައި ފަލާހު ވަނީ ދައުލަތަށް ފައިދާވން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށް މަކަރާއި ހީލަތް ހެދުމާއި ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހިޔާ މަޝްރޫއާ ގުޅިގެން ހިންގާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ހާއްސަ އިސްކަމެއް ދީގެން މިމައްސަލަ ބެލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ހިޔާގެ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓް ކަނޑައެޅީ އީއެމްއައި މެތަޑު ބޭނުންކޮށްގެން ނޫން ކަމަށާ އޭރު ކަނޑައެޅި ރޭޓު ކަމަށްވާ 6600 ރުފިޔާ މަހުކުއްޔަށް ފްލެޓް ދީފިނަމަ  ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް