މިރާއްޖެ އަކީ ތަފާތު އެކިފަހަރު އެތައް ބައެއްގެ އަޅުވެތިކަން ތަޙަންމަލް ކޮށްފައިވާ ގައުމެކެވެ. އެ އަޅުވެތި ކަމާއި އެ އަޚުވެތިކަމުގެ ހިތިކަން ދިވެހިން އިތުރަށް ތަޙަންމަލް ކުރާކަށް ބޭނުމެއް ނުވާއެވެ.
ދެކުނު އިންޑިޔާއިން ވެސް އެތައް ފަހަރަކު ދިވެހީންގެ މައްޗަށް އަތްގަދަ ކުރަން އުޅެފައިވާކަމަށް ތާރީޚު ހެކިދެއެވެ.
ގައުމުތަކުން ރާއްޖޭގައި ޢަސްކަރީ ބޭހެއް ގާއިމު ކުރުމުގެ ބޭނުން އޮންނާނެއެވެ. މިހާރު ރާއްޖެ ބޭރު ގައުމުތަކަށް ދަރަމުން މިދާ ރޭޓުން ބަލާ ނަމަ ޗައިނާ ނުވަތަ އިންޑިޔާ ގެ އަޅުވެތިކަމުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންގެ ކާބަފައިންގެ މިންނެތް ބުރަމަސައްކަތުން އަޅުގަނޑުމެންނާހަމައަށް ގެނެސް ދީފައި މި ވަނީ އަޅުވެތިކަމުން ސަލާމަތް ކޮށް ދީފައެވެ. މިއީ ދިވެހި ކޮންމެ ފަރުދަކުވެސް ވިސްނާން ވާނެ ކަންކަމެވެ.
ރާއްޖެ ތާ އަބަދު މިނިވަން ކަން މަތީ ގައި ދެމިއޮތުމަކީ ދިވެހީންގެ ދުޢާއެވެ.
ރާއްޖޭގެ ބިމުގެ އެންމެ ޕަސެންޓެއް ވެސް ބޭރުގައުމެއްގެ މިލްޓްރީ ބޭނުމަކަށް ދިނުމަކީ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމެކެވެ.
އުތުރު ތިލަފަޅުގެ މައްސަލައަކީ ދިވެހީން ނުހަނު ކަން ބޮޑުވާ މައްސަލައެކެވެ. ކުރީގެ ވެރިކަމުގައި އުތުރު ތިލަފަޅު ވަނީ އިންޑިޔާއަށް ކުށްޔަށް ދިނުމުގެ މަޝްވަރާ ތަކެއް ކޮށްފައެވެ.
ރާއްޖެ ބޭރުގެ އަޅުވެތިކަމަށް ކޮންމެ ފަހަރަކު ވެސް ގޮސްފައި ވަނީ އަމިއްލަ އެދުން ބޮޑު ދިވެހި ވެރިޔެއްގެ ސަބަބުން ނެވެ.
ފޯޅަވައްސަކީ ވެސް ރާއްޖޭގެ އަތޮޅެކެވެ. އެތާނގެ މަޢުލޫމާތްތަކުން އެކަން ވަރަށް ސާފެވެ. އިނގިރޭސީންނާއި އެމެރިކާ ރާއްޖޭގައި އަސްކަރީ ބޭހެއް ހަދާފައި ވަނީ ވެސް މެދު އިރުމައްޗާ ދިމާކުރުމުގެ ބޭނުމުގައެވެ.
ޗައިނާއާއި އިންޑިއާއަށް ވެސް ރާއްޖެ މުހިންމު ވާނެއެވެ. ދިވެހިން ތިބެން ވާނީ ރަނގަޅަށް ހޭލައެވެ.
އެއްވެސް ގައުމެއްގެ ޢަސްކަރީ ބޭހެއް ރާއްޖޭގައި ގާއިމު ކުރުމުގެ ފުރުސަތު ދީފި ނަމަ ހުރިހާ ގެއްލުމަކާއި ބިރެއް އޮތީ ދިވެހީންނަށެވެ.
ކަން މިހެން ހުރިނަމަވެސް ކުރީ ސަރުކާރުން ދީފައި އޮތް ތަނެއް މި ސަރުކާރަކަށް އަތުލެވޭކަށް ނުއޮންނާނެ ކަން އެގެން ޖެހޭނެއެވެ. އެގޮތުން ފޯޅަވައްސާ މަލިކުވެސް އެއޮތީ އެހެން ވެފައެވެ.
ކުރީގެ ސަރުކާރުން ހީރަސް ކަނޑުވައި އަލުން ހީރަސް ޖަހަން އުޅުނަސް ދެން އެކަމެއް ނުވާނެއެވެ.
ދިވެހިން އިންޑިއާއަށް ބަދުބަސް ބުނަމުން ދާނަމަ ގެއްލުން ވާނީ ދިވެހީންނަށެވެ. ބޭސްފަރުވާއަށް އިންޑިޔާއަށް ދާން ވިސާ ނުލިބިގެން ތެޅިފޮޅެން ޖެހޭނީ ދިވެހީންނެވެ.
ވެގެން މި އުޅޭ ގޮތަކީ 2008ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލި ސިފައިންނާ ފުލުހުން ލައްވާ އަނެއްކާވެސް މި ސަރުކާރު ވައްޓާ ލުމަށްޓަކާ އިންޑިއާ ސިފައިން ފައްސާލުމެވެ. ދެން އެފުރުސަތެއް މި ސަރުކާރުން ނުދޭނެއެވެ.
އިންޑިއާ ސިފައިން މި ރާއްޖޭގައި ތިބެން މިޖެހެނީ ބަޣާވާތް ކުރި ފުލުހުންނާއި ސިފައިން މަގާމުތަކުގައި ތިބީމައެވެ.
2 Responses
Thikahala hiyaalu nuliyaathi mikometu liyunee midsrukaaruge laarigadu kaalaafa hurimeehakaa haadhavah tharey moyanuvey kaleygeves gaumumee heybali nuvaathi
Miraajjeyge ehves thankolhe ves beyru bayaka nudheveyne mihaaru thiulhenee kureesarukaarey kiyaagen dhivehin Moya kureveyne kamah thoa nuvaanethikame thihaavaahadi enmena engey