ފްލެމިންގޯ ވިއްކާ މައްސަލަ ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ފްލެމިންގޯ ހިފައި އެ ވިއްކާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

އެޗްޕީއޭން ބުނީ ފްލެމިންގޯތައް ރާއްޖެ އިން ފެންނަމުން މި ދަނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނިތައް ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރުކަމަށް ވާތީކަމަށެވެ.

ފްލެމިންގޯތައް ހއ އާއި ހދ ބައެއް ރަށްތަކުންވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން އެ އަތޮޅު ބާރަށް، ފިއްލަދޫ އަދި މުރައިދޫންވެސް ފްލެމިންގޯތަށް ފެނިފައިވާއިރު ހދ. ކުޅުދުއްފުށީގެ ކުޅިން ވެސް ގިނަ އަދެއްގެ ފްލަމިންގޯތައް ވަނީ ފެނިފައެވެ. ބައެއް ރަށްރަށުގެ މީހުން ދާޖަހައިގެން މި ދޫނިތައް ވަނީ ހިފާފައެވެ. އަދި އޭގެ ފޮޓޯއާ އެކު އެ ދޫނިތައް ވިއްކުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދޫންޏެއް  30000 ރ އަށް ވިއްކަން ބަޔަކު ވަނީ ޖަހާފައެވެ.

ފްލެމިންގޯ ވިއްކަން މީހުން މަސައްކަތް ކުރަމުން މި ދަނީ މިދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޕީއޭ އިން ދީފައި ވަނިކޮށެވެ.

ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ ދޫންޏެކެވެ. ދިވެހިން މި ދޫންޏަށް ކިޔަނީ ގުޑުގުޑާ ދޫންޏެވެ.

 

Loading

One Response

  1. ތިކަމަށްވުރެ ރާއްޖޭގައި މީހުން މެރުމާއި ފޭރުން ހުށްޓުވަބަލާށެވެ. #އިންޑިއާ-އައުޓް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް