ވާދަވެރިކަން ގަދަވެފައިވާ ރާމް މަންދިރުގެ ބިންގާ އެޅުމުގެ ހަފްލާ އޮގަސްޓް 5 ގައި ނަރެންދުރަ މޯދީ ފައްޓަވައިދެއްވިއެވެ. މިތާގައި މި ހިމަނާލަނީ ރާމްމަންދިރާއި ބެހޭ ބައެއް ހަގީގަތްތަކަާއި ސިޔާސީ ފަސްމަންޒަރެވެ.
- މި ހަފްލާއަކީ ހިންދީ ވަތަނީ ލީޑަރޝިޕަށް ފާހަގަކޮށްލެވޭނެ މޭލުގަލެކެވެ. މީގެ 30 އަހަރުކުރިން މޯދީ ހިމެނޭގޮތަށް، ބީޖޭޕީގެ ވެރިންގެ އެހީތެރިކަމާއެކު ހަމައިންނައްޓަފަތިބި ބަޔަކު ގޮސް ބާބުރީ މިސްކިތް ތަޅައިލިއެވެ. އެ މިސްކިތް ހުރީ ހިންދީ ފައްޅި ރާމް މަންދިރު އަޅަން ބިންގާއެޅި ބިމުގައެވެ.
- އެ ވަރުގަދަ ހަފްލާ ނިއުޔޯކުގެ ޓައިމް ސްކްޔަރގައި ދެއްކުމަށް ޕްލޭން ކުރިއެވެ. އެހެން ނަމަވެސް މިސިކިތެއް ހަލާކު ކޮށްލުމަށްފަހު ފައްޅިއެއް އަޅަންފެށުމުން، ވަކި ދީނެއް ނުގެންގުޅޭ ބައިނަލްއަގުވާމީ ސިޔާތާއި އިންޑިއާ ޚިލާފުވެފައިވާތީ އެކަމާ އެޑްވޮކަސީ ގްރޫޕްތަކުގެ ދެކޮޅު ހެދުމުގެ ސަބަބުން އިންޑިއާއިން ޕްލޭންކުރިގޮތަށް އެކަމެއް ނުވިއެވެ.
- ރާމް މަންދިރު އެޅުން ސިފަކޮށްދެނީ އިންޑިއާ ބަދަލުކުރަމުންދަނީ ގިނަމީހުންގަބޫލުކުރާ މިނިވަންކަމަށެވެ. އިންޑިއާގެ ގިނަ މީހުން ގަބޫލުކުރަނީ ހިންދޫންނަކީ އެހެން މީހުންނަށްވުރެ މަތީބައެއްގެ ގޮތުގައި ތިބެންޖެހޭނެ ކަމަށެވެ.
- 1992 ގައި، ފޯރިހިފުވާފައިތިބި ހިންދީ ބަޔަކު، އުއްތަރަ ޕްރަދޭޝް އަވަށުގެ އަޔޯދިޔާގައި ހުރި 16 ވަނަ ގަރުނުގެ މޫގަލް ޒަމާނުގެ މިސްކިތެއް ތަޅާ ބިމާހަމަކޮށްލިއެވެ.
- މި މިސްކިތް ތަޅާ ސުންނާފަތިކޮށްލީ ރަޝްތުރިޔާ ސްުވަޔަމްސެވަކު ސަންގު ނުވަތަ އާރުއެސްއެސް ކިޔާ ސިއްރު ހަރަކާތަކުން ރޭވި އެތަށް ދަހަރެއްގެ (ޑިކޭޑުގެ) ނުބައި ރޭވުންތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. 30 ޖަނަވަރީ 1948ގައި އާރުއެސްއެސްގެ މެންބަރަކު، އިންޑިއާގެ ބާނީ މަހާތުމާ ގާންދީ އަވަހާރަކޮށްލުމާއި ގުޅިގެން އެ ހަރަކާތަކީ ގާނޫނާއި ޚިލާފު ހަރަކާތެއްކަމުގައި ކަނަޑައެޅުނެވެ.
- 1920 ވަނައަހަރު އާރުއެސްއެސް އަށް ހިއްވަރު ލިބުނީ ބާރުގެ ބޭނުންކޮށްގެން އިނދިކޮޅު މީހުންގެ އަޑުކަނޑުވާލުމަށް ވަކާލާތުކުރާ ޔޫރަޕުގެ ޖަމާޢަތްތަކުންނެވެ. ފަހުން އާރުއެސްއެސް ވެގެންދިޔައީ އިޖުތިމާއީ އެހީދޭ އިންޑިއާގެ އެންމެބޮޑު ޖަމާޢަތަށެވެ.
- ބޮޑު ވަޒީރު މޯދީއަކީ އާރުއެސްއެސްގެ ދާއިމީ މެންބަރެކެވެ. ރޭޕަކީ މުސްލިމު އަންހެނުންނާއި ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތަށް މީހުންނަށް ވިސްނައިދޭ، އެޖަމާއަތުގެ އެންމެ އިސް އެއް މެންބަރު ކަމަށްވާ ވިނަޔަކު ދަމޮދަރު ސަވަރުކަރަށް މޯދީ ވަރަށް ގިނައިން އެހީތެރިވެދީ ހިއްވަރުދެއެވެ.
- މިސްކިތް ހަލާކުކޮށްލުމުން މިހާރު ވެރިކަން ކުރާ ބަހާރަތިޔާ ޖަނާތާ ޕާޓީއަށް ވަރަށް ފައިދާކުރިއެވެ. އާރުއެސްއެސްއިން ލަފާދޭ މި ޕާޓީ ފެށުނުއިރު މަދު ވޯޓުކޮޅެއް ލިބުނު ނަމަވެސް، މިއަދު އެ ޕާޓީއަކީ އިންޑިއާގެ ޕާލިމެންޓުގައި މިވީހާތަނަށް ލިބުނު އެންމެގިނަ ގޮނޑި ލިބިގެން ވެރިކަން ކުރާ ޕާޓީއެވެ.
- އިންޑިއާގެ ހައްދު ފަހަނަޅާފައިވާ ހިންދޫން ގަބޫލުކުރަނީ، ބާބުރީ މިސްކިތް ތަޅާލާ، އެތާނގައި ރާމް މަންދިރު ފައްޅި އެޅުމަކީ މޫޣަލްއާއި އެހެނިހެން މުސްލިމު ވެރިން މާޒީގައި އެމީހުންގެ ކާބަފައިންނަށް ދިން އަނިޔާގެ ބަދަލުގައި މުސްލިމުންނަށް އަދަބު ދެވޭ އެއްގޮތް ކަމުގައެވެ.
- 2019 ގައި އިންޑިއާގެ ސްޕްރީމް ކޯޓުން އެބިން ސަރުކާރުން އުފެއްދި ޓްރަސްޓު ފަންޑަކާއި ހަވާލުކުރިއެވެ. މިފަނަޑަކީ ރާމް މަންދިރު ފައްޅި އެޅުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭ ފަންޑެވެ.
- ސްޕްރީމް ކޯޓުން މުސްލިމުންނަށްވެސް 5 އޭކަރުގެ ބިމެއް އެހެން ތަނަކުން ދިނުމަށްފަހު، ގާނޫނީ އަދި ސިޔާސީ ތަޅާފޮޅުން ހުއްޓާލައި އެތާގައި އެމީހުން މިސްކިތެއް ބިނާކުރުމަށް އެދިފައި ވެއެވެ.
- އެ ކޯޓުން ބަލައިގެންފައިވާ އާކިއޮލޮޖިކަލް ސާރވޭއަކުން ދައްކާގޮތުން، ބާބްރީ މިސްކިތް ބިނާކޮށްފައިހުރީ ދުވަސްވީ ކުރީގެ ބިނާއެއްގެ މަތީގައެވެ. ސާވޭ ކުރި މީހުން ބުނާގޮތުގައި އެއީ ތުންތުންމަތިން ކިޔަމުންދާ ރާމް ފައްޅިއެވެ. އެހެންނަމަވެސް، އިންޑިއާގެ ފަހުގެ ތާރީޚީ އިލްމުވެރިއެއްކަމަށްވާ، ސަރުވެޕައްލީ ގޯޕާލް، ބުނާގޮތުން، މިހާރުގެ އަޔޯދިޔާގައި މީހުން ވަޒަންވެރިވިކަމަށް އެނގެންއޮތީ މީގެ 2800 އަހަރު ކުރިންނެވެ. ރާމް ކަލާނގެ ގެ ވާހަކަ އަކީ 5000 އަހަރަށްވުރެ ދުވަސްވި ވާހަކައެކެވެ.
- ރާމް ފައްޅީގެ ބިންގާ އެޅީ ކަޝްމީރަށް ދީފައިވާ ޚާއްސަ ހާލަތު އުވާލިތާ އެއް އަހަރު ފާހަގަކުރި ދުވަހުއެވެ. އެކަމަކީ ކަޝްމީރުގެ ހަނގުރާމަވެރިންނަށް އަދަބު ދިނުމަށް އެތައްދުވަހެއް ވަންދެން ހިންދޫން ގޮވަމުންދާ ގޮވުމަށް ދިން އިޖާބައެކެވެ.