މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Loading

September 27, 2021
profile
Facebook
Twitter
WhatsApp

 

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ) އެވެ.

ފުލުހުން ބުނީ މޫސާ މަނިކު ހޯދަމުން ދަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އަދި އޭނާ އުޅޭތަނެއް އާއިލާއަށްވެސް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް