ހުރިހާ ރައްޔިތުން އެއްބައިވެ ގައުމީ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް ރައީސް ޔާމީން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

 

 

 

 

 

ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ހުރިހާ ދިވެހި ރައްޔިތުން ގައުމީ ޓީމަށް ތާއީދުކޮށް އެ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

 

އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީން އެދިވަޑައިގަންނަވަނީ 2008 ވަނަ އަހަރާއި 2018 ވަނައަހަރުގެ ސާފް ޗެމްޕިއަން މުބާރާތުގައި ރާއްޖެއިން ހޯދާފައިވާފަދަ ފަހުރުވެރި ކާމިޔާބެއް މި އަހަރުގެ މުބާރާތުގައިވެސް ދިވެހި ގައުމީ ޓީމަށް ލިބުމަށް ރައީސް ޔާމިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ތިން ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ތަށި ހޯދުމަށް ދިވެހި ގައުމީ ޓީމު ނުކުންނައިރު އެކަމުގައި އެއްބައެއްގެ ގޮތުގައި ހުރިހާ ދިވެހި ރައްޔިތުން ޝާމިލުވުމަށް ރައީސް ޔާމިން އިލްތިމާސްކުރެއްވިއެވެ.

“ ސާފް ޗެމްޕިއަންޝިޕްގެ ތަށި ތިން ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ގައުމީ ޕުޓްބޯޅަ ޓީމުން ނުކުންނައިރު އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، އަދި ހިތްހަމަނުޖެހުންތަކާއި ހިޔާލުތަފާވުންތައް ހުރިނަމަވެސް  މި 16 ދުވަހަކީ ގައުމީ ޖޯޝުން ފުރިގެންވާ 16 ދުވަސް ކަމުގައި ހެދުމަށާއި އަދި ދިވެހި ގައުމީ ފްޓްބޯލަޓިމުން ހޯދާ ކޮންމެ ކާމިޔާބީ އަކީ ފަރުދިގޮތުން ތިމާވެސް ބައއިވެރިވުމާއެކު ލިބިގެންދާ ކާމިޔާބީއަކަށް ހެދުމަށް ޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ގައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ދެންނެވީމެވެ.“ އިނދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން “ ތިންވަނަ ފަހަރު މީ އެފަހަރު“ ކަމުގައި ހެދުމަށް ގައުމީ ޖޯޝާއި ފޯރީގައި ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ އޮތީ ތައްޔާރަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދިވެހި ހުރިހާ ރައްޔިތުން ޤައުމީ ރޫޙާއި ޖޯޝުގައި ޤައުމީ ޓީމަށް ހިތްވަރުދިނުމަށްވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

ޤައުމީ ޓީމަށް ހިތްވަރުދިނުމަށް އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަން އިތީ ޤައުމީ ޖޯޝާއި ފޯރީގައި ނުކުތުމަށް ތައްޔާރަށް ކަމުގައިވެސް އެ އިއްތިހާދުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް