4000 ފްލެޓް އަޅަން އިންޑިއާއިން 3.4 ބިލިއަން ރުފިޔާގެ ލޯނެއް

Loading

Facebook
Twitter
WhatsApp

 

 

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި  4،000 ފްލެޓް އަޅަން އިންޑިއަން އެގްޒިމް ބޭންކް އިން 227 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

މިލޯން އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ މިއަދު ވާޗުއަލްކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުގެ ދަށުން ދެ ލޯނެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ ލިމިޓެޑްއާއި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި އާއިއެކު ކުރި އެއްބަސްވުމެއެވެ.

މިއީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުގެ ސޮވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ.

އެފްޑީސީން ބުނީ މި ފްލެޓް އަޅަން ހަވާލުކޮށްފައިވަނީ ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އަޅާ ގޮތަށެވެ.

މިއީ 116.45 މިލިއަން އެމެރިކާ ޑޮލަރު ގެ ލޯނަކާއި 110.5 މިލިއަން އެމެރިކާ ޑޮލަރުކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެފްޑީސީން ބުނީ މި ދެ މަޝްރޫއުގެ  ދަށުން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތައް އިމާރާތް ކުރާނެ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ ދެ  ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް އަދި ތިން  ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުންނާނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މިމަޝްރޫއަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް