ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކުކޮށްފި

Loading

Facebook
Twitter
WhatsApp

 

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސިޓީގެ މަސްރަހު ގޯސްވަފައިވާއިރު އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ 11:09 ގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފައި މިވަނީ މި މައްސަލައިގައި ތުހުމަތކު ކުރެވޭ މީހާ ހައްޔަރުކުރުމަށްގޮވާލައި އައްޑު ސިޓީގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.

މި މުޒާހަރާގައި ހަމަނުޖެހުން ހިނގައި ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ. މުޒާހާރާގެ ބައެއް ބައިވެރިންނަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު އެ މީހުން ގޮވަމުންދިޔައީ ޖިންސީ ގޯނާކުރެވޭ މީހާ ހައްޔަރުކުރުމަށެވެ. އަދި އެމީހާއަށް ފުލުހުން ހިމާޔަތްދީފައިވާކަމަށް ބުނެ މުޒާހރާގެ ބައިވެރިންވަނީ ނުރުހުންފާޅުކޮށް އަޑުއުފުލާފައެވެ.

މި މުޒާރާއިގައި ބާރުގެ ބޭނުންކޮށްފައިވާކަމަށް ފުލުހުންވެސް އިއުތިރާފް ވެފައިވާއިރު ފުލުހުން ބުނަނީ ބާރުގެ ބޭނުން ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް