ގްރޯ ޕްރީ ބޭއްވުމަށް ސައުދި އަރަބިޔާ ނިންމި ކަމުގައިވިޔަސް އެޤައުމާ ދެކޮޅަށް އުފުލަމުންދާ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ އަޑު މާ ގަދައެވެ.
އެންތަނީ ޖޮޝުއާ، ގްލޯބަލް ހެވީ ވެއިޓް ޓައިޓްލް ފައިޓް 2019 ގައި ހޯސްޓް ކުރުމުގެ އިތުރުން 2020 ވަނަ އަހަރު ސްޕެނިޝް ސުޕަކަޕް ޕްރެސެންޓް ކުރުމާއެކު ސައުދީ އިން ދަނީ ދުނިޔޭގެ ކުޅިވަރު ދާއިރާގައި ވިދަމުންނެވެ.
ނޮވެމްބަރުގައި އޮންނަ 2021 ގެ ކާރު ރޭސް ޖިއްދާގައި ބޭއްވުމަށް ސައުދީއިން ވަނީ ދާދި ފަހުން ނިންމާފައެވެ.
ކުޅިވަރުގެ ދުނިޔޭގެ ވަރުގަދަ ހިއްސާދާރެއްގެ ގޮތުގައި ސައުދީ ކުރިއަރަމުން އައި ކަމުގައި ވިޔަސް، ސައުދީގެ އިންސާނީ ހައްގުތަކުގެ ރެކޯރޑަށް އަންނަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުންނެވެ.
ސައުދީން ވަނީ 2020ވަނަ އިނގިރޭސި ޕްރެމިއަރ ލީގް ފުޓްބޯލް ކްލަބެއް ކަމަށްވާ ނިއުކާސްލް ޔުނައިޓެޑް ގަތުމަށް އިތުރު ދެފަރާތަކާއެކު ބިޑް ހުށައަޅާފައެވެ. މިކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން އަންނަނީ ސައުދީ ސަރުކާރަށް ”ސްޕޯޓްސް ވޮޝް“ ކުރަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރަމުންނެވެ. ”ސްޕޯޓްސް ވޮޝިންގް“ އަކީ ކޮރަޕްޓް ގައުމަކުން ސްޕޯޓްސް ފަދަ އެހެނިހެން ހަރަކާތްތައް ބޭނުންކޮށްގެން އެ ގައުމުތަކުގެ ބައިނަލްއަގުވާމީ ނަން ރީތި ކުރުމަށް މަސައްކަތް ކުރުމަށް ކިޔާ ނަމެކެވެ.
މި އަހަރުގެ ކުރީކޮޅު ގްރާންޓް ލިބަޓީ ނަމަކަށް ކިޔާ ހިއުމަން ރައިޓްސް އެކްޓިވިސްޓް ގްރޫޕަކުން ނެރެފައިވާ ރިޕޯރޓެއްގައި ލަފާ ކޮށްފައިވާ ގޮތުން ސައުދީއިން ”ސްޕޯޓްސް ވޮޝް“ ކުރުމަށް ވަލީއަހުދު ސަލްމާންގެ ވިޝަން 2030 ޕްލޭން ފެއްޓީއްސުރެމިހާތަނަށް ވަނީ 1.5$ ބިލައަން ހޭދަ ކޮށްފައެވެ. ވަލީއަހުދު ސަލްމާންގެ ވިޝަން 2030 ޕްލޭންގެ މަގުސަދަކީ ތެލުގެ އެކްސްޕޯޓަށް ސައުދީ ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ގްރާންޓް ލިބަޓީގެ 2021 ރިޕޯޓްގައިވާ ގޮތުގައި މަގުބޫލު ކުޅިވަރު ހަރަކާތްތައް ހޯސްޓް ކުރުމަށް ސައުދީން ވަނީ އެތަކެއް މިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ. މިފަދަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ޗެސް، އަސް ދުއްވުން، ގޮލްފް އަދި ސްނޫކާ މުބާރާތްތައް ހިމެނެއެވެ.
ސައުދީ ސަރުކާރަކީ އެސަރުކާރާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކާ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ފަދަ މީހުން ހައްޔަރުކޮށް ދައުވާ ކުރާކަމަށް ޒަމާނުއްސުރެ މަޝްހޫރު ވެފައިވާ ސަރުކާރެއްކަމަށް އެމްނެސްޓީ އިންޓަނެޝަނަލް އަދި އެހެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސައުދީން އިންސާނީ ހައްގުތަކާ މެދު އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު F1 ފަދަ ކުޅިވަރުތަކުގެ މުސްތަޤުބަލު ބިނާ ކުރުމުގެ ރޯލް ސައުދީއަށް ދިނުމާ މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.