ޒަހާ ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކޮށްފި

Loading

Facebook
Twitter
WhatsApp

 

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް މިއަދު އައްޔަން ކޮށްފިއެވެ.

ޒަހާ ވަހީދު މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަޙީދު އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ. އަދި، އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަހީދު މަސައްކަތް ކުރައްވާފައިވެއެވެ.

އެގޮތުން ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

އަދި މީގެ އިތުރުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަހީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަގާމު ހިމެނެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

 

މޯލްޑިވްސް ރިފޯމް މޫމަންޓު (އެމްއާރުއެމް) ގެ ސްލޮޓެއްގައި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ޒަހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.

އެކަމަނާ ފިޝަރީޒް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިނިސްޓަރު ކަމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނިކޮށެވެ.

ޒަހާ އިސްތިއުފާ ދެއްވުމުން ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެންވަޔަރަމަންޓް މިނިސްޓަކަށް ހުންނެވި ޑރ. ހުސައިން ރަޝީދުއެވެ.

Loading

One Response

  1. ސާބަހޭ ރައީސް. ރައްޔަތުން އަނގަޔާއި އަތާދިމާނުވެގެން އުޅޭއިރު އަދިވެސް މިނިސްޓަރުން ނާއި ސްޓޭޓު މިނިސްޓަރުންނާއި ނައިބުން ގިނަކޮށް ކީއްތޯ ތިކުރަށްވަނީ. ހެޔޮނުވަނެއްނޫންތޯއެވެ. ސޯލިޙު ރައީސް އަކު ހޯދަމުންގޮސް ނަމުންވެސް ސޯލިޙު ރައީސަކު ހޮވީމާ ތި ހަމަ ބައްސަވަނީ. ޔާމީނު ސަރުކާރު މަތިބަރުވެގެން ހަޔާތްގޮވާ ނަށާފަ މިހާރު ބޭނުން ނުވާހާ މަގާމުތައް އުފައްދާ ސަނާކިޔާފާނެ އެންމެނަށް ސިޔާސީ ވަޒީފާ ތިދެމުންގެންދަވަނީ. އަދި އެވެސް ބަޖެޓެއްނެތޭ ކިޔުއްވަމުން. ވަރަށް ދެރަވެއްޖެއެވެ. އަވަސް ބަދަލަކަށް އެދެމެވެ.

Leave a Reply to އައްޑު އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް