ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާ، ޕީޕީއެމް ފަސާދަ ކުރާނެ ފުރުސަތެއް ރައީސް ނަޝީދަށް ނުދެއްވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ދޫކޮށްދިޔަ ބައެއް މެންބަރުން އެ ޕާޓީއާ އަލުން ގުޅުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ނަޝީދާ އެކީ ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށެވެ.
”ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްތެރެ ފަސާދަ ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދޭގޮތަކަށް ނޫނޭ މި ތިބީ. ރައީސް މުހައްމަދު ނަޝީދާއެކީގައި ޕީޕީއެމް، ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމުގައި ޕީޕީއެމްގެ ސަޕޯޓަރުންނަށް ޔަގީންކޮށްދޭން ބޭނުން،“ ސުޖާއު ވިދާޅުވިއެވެ.
ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ސުޖާއު ސެއްވާފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ ރައީސް ޔާމީން އާއި ޕީޕީއެމް އާއިއެކު މަސައްކަތްކުރަން ބޭނުންވާކަން ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ސުޖާ ވިދުވީ ރައީސް ނަޝީދު ވިދާޅުވީ ހަގީގަތް ނަމަ މީޑިއާތައް މެދުވެރިކޮށް ރައްޔިތުންގެ ކުރިމަތީ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަފުޅު ގަބޫލުކުރެވެން އޮތް ޝަރުތަކީ އެއީ ކަމަށްވެސް ސުޖާ ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކުރީމަތީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ތާއީދު އަނބުރާ އެބަ ގެންދަން ޖެހޭ ރައްޔިތުންގެ ކުރިމަތީ. އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ނުކުރާނެ މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާނެ ކަމަކީ. އެހެން ނަމަވެސް އެމަނިކުފާނާއެކު ޕީޕީއެމް،ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ،“
ރައީސް ނަޝީދުވަނީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުންނެވީ ހަރުކަށި ފިކުރުގެ މީހުންގެ އަތްދަށުވެފައިކަމަށް ތުހުމަތުކޮށް، ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައީސް ޔާމިނާއި އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން އެކިގޮތްގޮތުން ރައީސް ނަޝީދު ގެންދަވަނީ ހާމަކުރައްވަމުންނެވެ.
2 Responses
Rasheed bashed Yasmeen Jalen gey Bandhan genteel. Dhen keeper Evan gabool Kareem. Jalugw hurinama dhow
ތި އެންމެނަކީވެސް ޑީލަރުން. ހަމަ މާދަމާ ވާހަކަ ދިމާ އިދިކޮޅަށް ބަދަލުކޮށްލާނެ. އެއްބަޔަކު ވައްކަން ކުރަންޏާ އަނެއްބަޔަކު ރުޅިގަދަވާނެ. ހަމަ ބާރުލިބޭއިރަށް ކޮންމެ ބަޔަކުވެސް ރައްޔަތުންނަށް ހަރާންކޯރުވާނީ. އެވެސް #ދީނަށްޓަކައި #ގައުމަށްޓަކައި #ދީނަށްޓަކައި އަސްލު #ޖީބަށްޓަކައި ދޯ؟ ނުލަފާ ބައިގަނޑެއް…