ވެކްސިން ޖެހުމުން 100 ޑޮލަރު ދޭގޮތަށް ނިއުޔޯކުން ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ނިއުޔޯކުގެ ރަށްވެހީންގެ ތެރެއިން ކޮރޯނާ ވައިރަހުން ރައްކާތެރިވާން ވެކްސިން ޖަހާ ކޮންމެ މީހަކަށް 100 ޑޮލަރުދޭން ހަމަޖައްސައި އެކަން އިއުލާންކޮށްފިއެވެ.

ވެކްސިންދޭ މަރުކަޒުތަކުން ވެކްސިން ޖަހާ މީހުންނަށް ފައިސާގެ އިނާމެއް ދޭނެކަން އިއުލާންކުރައްވަމުން ނިއުޔޯކުގެ ގަވަރުނަރު ބްލެސިއޯ ބުދަދުވަހު ވިދާޅުވީ މި މަޝްރޫޢޫގެ ސަބަބުން އެ ސްޓޭޓުގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނޭކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތުދޭން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ ކޮރޯނާ ވައިރަހާ ދެކޮޅަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ޖެހުމެވެ. އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ދިނުމާގުޅޭ ވާހަކަ ނުދެއްކުމުގެ މާނައަކީ ކޮރޯނާ ވައިރަހުން ސަލާމަތްވާން ހައްލެއް ނުހޯދައި ތިބުމެވެ.

ބައެއް މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި ވެކްސިން ޖަހާ މީހުންނަށް އިނާމެއްދީ ވެކްސިން ޖެހުމަށް އާންމުންނަށް ނިއުޔޯކުން ހިތްވަރުދޭންފެށީ ކޮރޯނާ ވައިރަހުގެ އިންޑިއާ ވައްތަރު އެމެރިކާގައި ފެތުރެމުންދާތީ ވައިރަސް ކޮންޓްރޯލްކުރުމުގެ ބޭނުމުގައެވެ.

ހުކުރު ދުވަހުން ފެށިގެން ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ އިނާމެއް ލިބޭނެއެވެ.

ވެކްސިން ޖަހައިގެން އުޅޭ މީހުން މާސްކު ނައަޅައި އުޅުމުގެ ހުއްދަ އެމެރިކާއިން ދީފައި ވިޔަސް ސަރުކާރުން މިހާރު ބާރުއަޅަމުން ދަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެންމެން ވެސް މާސްކު އަޅައިގެން އުޅުމަށެވެ. ޚާއްޞަކޮށް ވައިބަންދު ތަންތަނުގައި އުޅޭ މީހުން މާސްކު އަޅައިގެން އުޅުމަކީ ކޮންމެހެން ވެސް ބޭނުންކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޮރޯނާ ވައިރަސް އެންމެ ގިނަ ބަޔަކަށް ޖެހުނީ އަދި އެ ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް