އައިއެސް ދައުލަތުގެ ތެރޭ ރާއްޖެ ހިމެނުމަށް އެމީހުން ބޭނުންވޭ: ނަޝީދު

Loading

Facebook
Twitter
WhatsApp

އިސްލާމިކް ސްޓޭޓްސް ( އައިއެސް) ދައުލަތުގެ ތެރޭގައި ރާއްޖެ ހެދުމަށް މަސައްކަތްކުރަމުން ދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދުނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމާއި ގުޅިގެން ގައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މި ދިވެހި ރާއްޖޭގައި ތަފާތު ފިކުރު އެބަ އުފެދިގެން ދާކަމަށާއި އެއް ދައުލަތެއްގެ ގޮތުގައި އަރަބިކަރައިގައި އުފެދޭ ރޫހު އަބަދު ވެސް މި ދިވެހި ދައުލަތް އޭގެ ތެރެއަށް ގެންދިއުމަށް މަސައްކަތްކުރާކަމަށެވެ.

“ އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ ހިންގަވާ މަސައްކަތުގައި ދިވެހި ރާއްޖެއަކީ އެމީހުންގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހިމެނުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކް ހިންގާ. އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފު ވާކަމެއް“ ނަޝީދު ވިދާޅުވިއެވެ.

ދީނީ ހަރުކަށި ފިކުރާ ރާއްޖެއާ ގުޅުވައިގެން އަބަދުވެސް ވާހަކަފުޅުދައްކަވާ ނަޝީދު މިއަދު ވެސް ވިދާޅުވީ އައިއެސް އިން އެގޮތަށް މަސައްކަތް ކުރިނަމަވެސް އެކަމަށް ޖާގައެއް ނެތްކަމަށެވެ.

”އެހެންނަމަވެސް އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން. އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގެ މިނިވަންކަން ކުޑަމިންވަރަކަށް ވެސް ދޫކުރާ ކަށެއްނޫން “ މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް ދިވެހިން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ބުއްދިވެރިކަމާއެކުގައި ކަމަށެވެ.

ދިވެހި ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަން އޮތީ އިންޑިއާ ކަނޑުގެ ހަމޖެހުމާއި ސަލާމަތްތެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މިހާަނަތަށް ވެސް އިންޑިއާ ކަނޑަށް މީހުން ބާރުފޯރުވާފައި ހުރީ ދިވެހިންނާ އެކު އެއްބަސްވެގެންކަމަށެވެ.

“ އިންޑިއާ ކަނޑުގެ މައްޗަށް ބާރުފޯރުވާން އުޅުނު އެއްވެސް ބަޔަކަށް އެކަން ކުރެވިފައެއް ނުވޭ ދިވެހިންނާ އެކުގައި އެއްބަސްވުންތަކެއް ވެގެން ނޫނީ. އިނގިރޭސިން އައުމުގެ ކުރީންގައި އިންޑިއާ ކަނޑުގައި އޮތް ބާރެއް ވިއްޔާ އޮތީ ދިވެހިންނާ ކޮންމެވެސް އެއްބާވަތެއްގެ މުއާމަލާތް ހިންގަމުން“ ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އައިސް ޖަމާއަތުން ރާއްޖޭގައި ވަރަށް ބޮޑަށް އެޖަމާއަތުގެ ބާރު ހިންގަމުން ދާކަމަށް ތުހުމަތުކުރައްވައި އެކި ފަހަރުމަތިން ވާހަކަފުޅު ދައްކަވައިފައެވެ.

 

Loading

2 Responses

  1. އާހ، މީނައަށް ހުރިހާކަމެއް އެންމެ ރަނގަޅަށް އެނގޭނީ. މިއީ މިގައުމަށް ހުރި ބަލާވެރިކަމެއް. މި ގައުމު މީނަ ބޭނުންވާ ލާދީނީ އެޖެންޑާ އެޖެންޑާގެ ކިއްލާއަކަށްވެސް ހަމަ ހިލާ ނުހެދޭނެމެ. ކުރިންވެސް ވީ ފެއިލް. ދެންވެސް ހަމަ ވާނީ ފެއިލް. މިހާރު އެހުރީ ތިންފަށުން ވަރިބޮލަށް އަރާފަ. އާއިލާއެއް ނުގެންގުޅެވުނު، ވިޔާފާރިއެއް ނުުކުރެވުނު، ހެޔޮލަފާ ދިރިއުޅުމެއް ނެތް، ރާގަނޑު ބިރެއްނެތި މަޖާކުރުމުގައި ހޭބަލިވާ މީނާގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ވާންޖެހެއެވެ. ދެރައީ ރައީސް ސޯލިހުވެސް މީނައަށް ބީރުކަންފަތެއް ދީގެން މީނާ ޖަހާހާ ބެރެއް ޖަހަން ދޫކޮށްފާ ހުންނަކަމެވެ. ދެން ޖުޑިޝަރީގައި ލޯބިވެރިއާ ބައިންދާގެން އެ ކުޅޭ ކުޅިގަޑަށް ވެސް ލަހެއްނުވެ ނިމޭނެ. އިންޝާﷲ ، ދެން އަންނަ ބަދަލުގައި މިމީހާ ހިސްޓްރީއަކަށް ވެގެންދާނެއެވެ. ބޭރުގެ ލާދީނީ ގޮތްތައް މިގައުމުގައި އިންދާ ހިންގަން ފުރުސަތު ދެވިގެން ނުވާނެއެވެ.

  2. ހަނދާން ވޭތަ މީނަކިޔައެއްނު ދިވެހި ރާއްޖޭގައިވެސް އަނދިރި ދައުލަތެއް ވާހަކަ؟ އެކަން ރައީސް އާއި ގައުމުގެ ދިފާއީ ބާރުން ދޮގުކުރި. ދެން މީނަ ބުންޏެއްނު 7 ފެބުރުއަރީ ބޮޑު ބަޢާވާތެކޭ. އެރޭވެސް ހަމަބުއްދިފިލާ ޙާލުގައި ހުރެ ސިފައިންގެ މަރުކަޒަށް އައިކަމަށްވަނީ. ދެން ތެޅިފޮޅިގަންފަ ކެބިނެޓް އެންމެން އެއްކޮށް ރާއްޖޭގެ ހުރިހާ މީޑިއާ ރައީސް އޮފީހަށް ގެންގޮސްގެން މުޅި ގައުމުކުރިމަތީ އިސްތިޢުފާ ދިނީ. 48 ގަޑިއިރު ފަހުން ހަމަ ބުއްދިވެގެން ބެލި އިރު ކެނެރީގޭގައި އޮވެވުނީ. ދެން މޫސަމެން ކައިރީ ރޯއި ހޭރިގެން މަގުމަތިން ޖައްސާ ސަރުކާރު ދެ ދުވަހުން ވައްޓާލަން ޖެއްސީ. އެ ވެސް ގޮވީ އަތަށް. ދެން ކިއެއްނު ޙަރާމަށް ވިހާ ކޮންމެ އަންހެނަކު ނުވިހާގޮތް ހަދައިދޭން ތިމަންނަ ގޮސް ވާހަކަ ދެއްކުމުންވެސް ޑރ. އަހަނިއްޔޯ ކޮބައިހޭ ފިރިމީހާ؟ ދެން މިއީ ޢަޖައިބެއްނޫންހޯ؟ އެފަދަ އެކަނިވެރު މައިންނަށްވެސް ޙައްގުތަކެއްވެއޭ ދެން އެކަމުގައިވެސް އޮތް ހައްލަކީ ތިމަންނަ އެ އެންމެނާ އިންނަން ވީއޭ؟! އަޅެ ފަހެ މިއީ ބުއްދި ސަލާމަތުން ހުރި އަދި މި ގައުމުގެ ވެރިޔަކު ދައްކާކަހަލަ ވާހަކަތޯ؟ ވީމާ މީނާ ހިނދުކޮޅުގައި ހުރި އެ ގޮވާ ބޯސަކަރާތް ގޮވެލިފަތި ކަލޭމެން މީޑިއާތަކަށް ނާރުވަންވީނު؟

Leave a Reply to ޒުބޭދާ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް