ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ  ސަރުކާރުގައި: އާދަމް ޝަރީފް

Loading

Facebook
Twitter
WhatsApp

 

ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ތިބީ ސަރުކާރުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، ގައުމުގައި މިއަދު ކަންކަންވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވާލައްވައިފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓްގައި އާދަމް ޝަރީފު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުންތިބީ ސަރުކާރުގައި ކަމަށާ، ޓެރަރިޒަމް ހުއްޓުވުމަށް ފުރަތަމަ ސަރުކާރުގެ އެތެރެ ސާފު ކުރަން ޖެހޭކަމަށެވެ.

”ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރައްވާ.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށާ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންކަމަށެވެ.

“ ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން. ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ ލީޑްކުރާ ސަރުކާރުން“ ޝަރީފް ވިދާޅުވިއެވެ.

އާދަމްޝަރީފް ހަރުކަށި ފިކުރާ ގުޅުވައިގެން ސަރުކާރަށް ފާޑުކިއުއްވާފައި މިވަނީ ރައީސް ނަޝީދުވެސް ޓެރަރިޒަމާއި ގުޅުވައިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވައި، ޕީޕީއެމްއާ އެކު މަސައްކަތް ކުރަން ބޭނުންވާކަން ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް މަސައްކަތްނުކުރާކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ގިނަ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުކުރަމުން ނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ އަށްފަހު ސިފައިންނާއި ފުލުހުންގުޅިގެން ހަރުކަށިފިކުރާ ދެކޮޅަށް ގިނަ އޮޕަރޭޝަންތައް ބާއްވައި ޓެރަރިޒމާއި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް