ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސިންނަށް ފަސޭހަ އިމްތިޒާމްތަކެއް ރާއްޖޭގެ އިމިގްރޭޝަން އިން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަން އިން ބުނީ ކޮވިޑް-19ގެ ބަލިމަޑިކަމާއި ގުޅިގެން ބައިނަލް އަގްވާމީ ވައިގެ ބަދަނރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއީމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާކަން ފާހަގަ ކުރެިވަފައިވާ ކަމަށެވެ.
މިކަން ހާމަކޮށް އިމިގްރޭޝަން އިން ކުރި އިއުލާނެއްގައި ވާގޮތުން ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާހުރެ ރާއްޖެއިން ފުރައިގެން ދިއުން މަނާވެފައި ނުވާނަމަ ވަކި މުއްދަތެއްގެ ތެރޭގައި ފުރައިގެން ދިއުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފއެވެ.
މި އިންތިޒާމްގެ ދަށުން ފުރައިގެން ދެވޭނީ އިއްޔެއިން ފެށިގެން މިއަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކަމަށް ވެސް އިމިގްރޭޝަން އިން ހާމަކުރެވެ.
އެމީހުންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ އެކަމަށް އެދޭ ފޯމް ( IM07) ފުރިހަމަކޮށް މުއްދަތު ހަމަނުވާ ޕާސްޕޯޓާ އެކުގައި އެއާޕޯޓް އިމިގްރޭޝަން އަށް ހުށަހެޅުމުންނެވެ.
ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި ޓްރަވެލް ޑޮކިއުމަންޓް ހަދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަނުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް ވެސް އިމިގްރޭޝަންގެ އިއުލާންގައިވެއެވެ.
ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސިން އުޅެމުންދާއިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުންވަނީ މިހާތަނަށް 4000 އަށްވުރެ ގިނަ ބިދޭސިން އަނބުރާ ފޮނުވާލާފަ އެވެ.