ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

އއ. ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ  ކަށިތަކެއް ފެނިއްޖެއެވެ.

ރަށު ކައުންސިލުންގެ ރައީސް ހުޝާމް އިސްމާއިލް “ ސަންދާން“ އަށް ވިދާޅުވީ މި ކަށިތައް ފެނުނީ ކުޑަކުދިންތަކަށްކަމަށާ އެކަމުގެ މައުލޫމާތު އެކުދިންގެ މައިންބަފައިން ކައުންސިލަށް ހުށަހެޅުމުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން މިހާތަނަށް ތިން މީހެއްގެ ކަށިގަނޑު ފެނިފައިވާ ކަމަށެވެ.

“ އެކަށިތައް ހުރީ ގާގަޑުތެރެއިން އާނުގަނޑުންގެ ވެސް ދަށުގަ، އެތަނުން އެކެއްގެ ކަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ނެގުމަށް ފަހު މިހާރު ވަނީ ސަހަރާގައި ވަޅުލާފަ. ނަމަވެސް ދެންހުރި ދެ މީހުންގެ ކަށިގަނޑު އާނުގަނޑުތެރެއަށް ބޮޑަށް ހުރުމާއި އަދި ދިޔަވަރު ބޮޑުވުމާއި ގުޅިގެން އަދި ނެގޭގޮތެއް ނުވޭ.“

އޭނާ ވިދާޅުވީ ދިޔަވަރު ބޮޑުވުމުގެ ސަބަބުން އެ ކަށިގަނޑުތަށް ނެގުން ވަގުތީ ގޮތުން މެދުކަޑާލައިފައިވާ ކަމަށެވެ.

އެ ތަނުން އެއް މީހެއްގެ ބޮލުގެ ކަށިގަނޑާއެކު ކަށިތައް ރީއްޗަށް ފެންނަން އޮތްއިރު އަނެއް ދެ  މީހުންގެ ކަށިތަކުން ބޮލުގެ ކަށިގަނޑު ފިޔަވައި ދެންހުރި ކަށިތައް ހުރީ ގިނަ ދުވަސްވެ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ވެސް ކައުސިލުން ބުނެއެވެ.

ހުޝާމް ވިދާޅުވީ ބެލެވޭ ގޮތުގައި މިއީ މުސްލިމުންކަމަށެވެ.

“ ބެލެވޭ ގޮތުގައި މިއީ މުސްލިމުން، އެމީހުން ވަޅުލާފައި ތިބީ މުސްލިމުން ވަޅުލާފައި ހުންނަހެން ގިބްލައާ ދިމާލަށް އަރިއަކަށް“

ހުޝާމް ވިދާޅުވީ މި ކަށިތައް ފެނުމާ ގުޅިގެން ރަށުގައި ތިބި ދުވަސްވީ މީހުންނާ ވާހަދައްކައި ހެދިހެދުމުން މި ސަރަހައްދަކީ ކުރިން ގަބުރުސްތާނެއް ނުވަތަ މިސްކިތެއް ހުރި ތަނެއްކަމެއް އެނގޭ މީހަކު އެރަށުގައި ނެތްކަމަށެވެ.

ނަމަވެސް އޭނާ ލަފާކުރައްވާގޮތުގައި އެއީ ކުރިން ގަބުރުސްތާނެއް ހުރިސަރަހައްދެކެވެ. ސަބަބަކަށް ހުޝާމް ވިދާޅުވީ ގަބުރުތައް ފެނުނު ސަރައްހައްދާ ކައިރި ހިސާބުން ރަށުން ގިރަމުންދާ ސަރަހައްދުން މިސްކިތް ބިނާ ކޮށްފައި ހުރި ނިޝާންތަކެއް ކަމަށް ބެލެވޭ ނިޝާންތައް ފެންނަން ހުރުމެވެ.

އަދި މީގެ އިތުރުން މީގެ ހަތަރު ވަރަކަށް އަހަރުކުރިން އެ ސަހައްދާ ދުރުނޫން ސަރަހައްދަކުން މިނިކަށިތަކެއް ފެނިފައި ހުރުމަކީ ވެސް އެސަރަހައްސަކީ ގަބުރުސްތާނެއް ކަމަށް ހުޝާމް ގަބޫލުކުރައްވާ އެއްކަމެވެ.

Loading

One Response

Leave a Reply to Ali Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް