ރައީސުލް ޖުމްހޫރިއްޔާއަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ: ޠާރިޤް

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާ (އިބްރާހީމް މުޙައްމަދު ޞާލިޙް)އަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ ކަމުގައި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް ވިދާޅުވީ ސަރުކާރުގެ 19 މިނިސްޓްރީ ހިންގަން ތިބީ ކޮންބައެއް ތޯއާއި އެމީހުންގެ ކެޕަސިޓީ ހުރީ ކިހާވަރަކަށްތޯއާއި ކުންފުނިތައް ހިންގަނީ ކިހިނެއްތޯއާއި މިކަންތައްތައް ބަލާނެ މީހަކު ސަރުކާރުގައި ނެތް ކަމަށެވެ.

”ވެރިއަކަށް ހުންނަ ބޭފުޅެއްގެ ހުންނާންޖެހޭކަމަށް އާންމުކޮށް ގަބޫލުކުރާ އުސޫލުތައް ނެތް މީހަކަށް ވެރިކަން ލިބުނީމަ ދެން ދާނެ ގޮތަކަށް މިދަނީ.“ ޓޮމް ވިދާޅުވިއެވެ. ”ހަތަރުވަރަކަށް މިނިސްޓަރުން މުޅި ސަރުކާރު ހިންގަނީ. ރައީސުލް ޖުމްހޫރިއްޔާއަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ.“

ޓޮމްގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަރަށް މަޑުމައިރި ބޭފުޅެއްކަމުގައި ސިފަކުރެއްވިއެވެ.

”އަޅުގަނޑުމެންނާއެކު ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި ބޭފުޅެއް. މާލިއްޔާތު ކޮމިޓީގައި ވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެއްވި. ވަރަށް މަޑުމައިތިރިވާނެ. މަޑުމައިތިރި ވެގެން ވެރިކަން ނުކުރެވޭހާ މަޑުމައިތިރި ބޭފުޅެއް. މިއީ މިގައުމުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ.“ ޓޮމް ވިދާޅުވިއެވެ. “ ކައިރީގައި ތިއްބެވި ބޭފުޅުން ޚާއްޞަކޮށް މިނިސްޓަރުން ފަދަ ބޭފުޅުންގެ މަގާމުތައް ދިފާއު ކުރެއްވުމަށްޓަކައި ބާރުތައް ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ބޮލަށް ސަވާރުވެގެން ރައީސުލް ޖުމްހޫރިއްޔާއަކީ ދެން ހަމަ މިގައުމުގައި ނެތްހާ މޮޅު މީހަކަށް ހަދައި ރައީސުލް ޖުމްހޫރިއްޔާއަށް އޮޅުވާލައިގެން މިހާރު މަސައްކަތް ކުރަމުންދަނީ.“

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު: ވަރަށް މަޑުމައިތިރި ބޭފުޅެއް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު: ވަރަށް މަޑުމައިތިރި ބޭފުޅެއް

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅިފައިވާ ބިލާގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޠާރިޤް ވިދާޅުވީ ހައެއް މޭގައި ދިމާވި މައްސަލައާ ގުޅިގެން (ރައީސް ނަޝީދަށް އަމާޒުކޮށްދޭން އުޅުނު ހަމަލާ) ގާނޫނަށް ބަދަލު ގެނައުމުގެ ވަރަށް ގިނަ މަސައްކަތް ކުރެވެމުން ދާކަމަށެވެ. އަދި އެމްޑީޕީއާއި ސަރުކާރު ޖަޒުބާތުގައި ޖެހިގެން ގާނޫނުއަސާސީގެ ބައުންޑްރީތައް ދޫކޮށްނުލައި ގާނޫނުއަސާސީގެ އަސާސީ ހައްގުތައް ދޫކޮށްނުލައި އެ ގާނޫނުތަކަށް ގެންނަ ބަދަލުތައް ގެނައުމަށް ގޮވާލެއްވިއެވެ.

ޠާރިޤްގެ އިތުރަށް ރާއްޖޭގެ އެތައް ހާސް ބަޔަކު ދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

 

 

Loading

2 Responses

  1. އަސްލު އެހެންވާނީވެސް.
    މަސްވެރިކަމުގެ ފަނޑިޔާރުކަމެއް ރާވެރިއަކަށް ނުކުރެވޭނެ.
    ރާވެރިއަކަށް މަސްވެރިކަމުގެ ފަނޑިޔާރުކަމެއް ނުކުރެވޭނެ!
    އެކަމު ހެޔޮތާ ރައްޔަތުން ތިބީ ބެރުޖަނާ މަޖާގަނޑެއްގެތެރެއިން އަދި ފިތުނައިގެ ތެރޭންނަމަވެސް މި މިންގަޑުން ބަލާކަށެއްނޫނެވެ. ވީމާ ޙިމާރެއްވެސް މަޖިލީސް އަށްވެސް ހޮވަން އޯކޭ އެވެ. ރައްޔަތުން އެހެން ޒިންމާދާރުކޮށް އެބައިމީހުންގެ ވެރިން ކޮންކަމެއް ކުރަން ކާކުތޯ މިހޮވެނީ ނުވިސްނާ ޢަމަލުނުކުރަންޏާ ދެން ހަމަ ވާނެ ހަ އެތި މިތިބަގެން ވަމުން ދަނީއެވެ. ގިނައީ ހަމަ ލަނޑާ!!

Leave a Reply to ބިން ޙައިދަަަރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް