ބީއެމްއެލްގެ މޮބައިލް އެޕަށް ބޮޑު ބަދަލުތަކެއް

Loading

Facebook
Twitter
WhatsApp

 

 

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ބޭންކްގެ މޮބައިލް ބޭންކިން އެޕްލިކޭޝަން (މޮބައިލް އެޕް) އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ކަސްޓަމަރުންނަސް ފޯރުކޮށްދިނުމުގެ ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަމަށެވެ.

ބޭންކުން ބުނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާސްތައް ތައާރަފް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މޮބައިލް އެޕްއަށް އަލަށް ތައާރަފް ކުރި ފީޗާސްތައް

  • ކުއިކް ޕޭ ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފާ ކުރެވޭ ފަސޭހަ ގޮތެއް
  • ފައިސާ ޓްރާންސްފާކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
  • ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
  • ޕާސަނަލް ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވުން
  • ބެންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން
  • ބެންކަށް މެސެޖް ފޮނުވުމާއި ބެންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން

ރާއްޖެއަށް މޮބައިލް ބޭންކިން ހިދުމަތް ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބެންކުގެ 90 ޕަސެންޓް ކަސްޓަމަރުން އޮންލައިން ބޭންކިން އަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ބެންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައި ވާކަމަށެވެ.

Loading

One Response

  1. އަޅުގަނޑަކީ އިނގިރޭސި އެނގޭ މީހަކަށްނުވާތީ ވަރަށް އުނދަގޫވޭ. މިގެއަކީ ކުދިން ތިބޭ ގެއަކަށް ނުވާތީ ވަރަށް އުނދަގޫވޭ. ދެން ޖރހެނީ ކޮނއމެވެސް ދިމާލަކުން މީހަކު ހޯދައިގެން އެކަމެއް ކުރަން ޖެހެނީ. ކޮންމެ މީހަކީ އިނގިރޭސި ދަންނަ ބައެއްނޫން.

Leave a Reply to އާމިނަތު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް