އެންދަމަން އުޅެނިކޮށް ހާލުދެރަވި މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ހދ. ވައިކަރަދޫ، ކަސްތޮޅި 59، މުހައްމަދު ރަޝީދު ކަމަށެވެ.

އޭނާ މަހަށް ގޮސްފައިވަނީ ސ. ހިތަދޫ މޯހިރު ދޯނިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ ހަވީރު އެންދަމަން މޫދުގައި އުޅެނިކޮށް ހާލު ސީރިއަށްވެގެން އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔައެވެ. ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުންވަނީ ބުނެފައެވެ

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Top of Form

Loading

Leave a Reply

ފަހުގެ އަޕްޑޭޓް