ކޮވިޑް 19 އަށް ފައްސިވާ މީހުންގެ އަދަދުތައް ފާއިތުވި މަސްދުވަހަށް ވުރެ މި މަހު ދަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސް ހިސާބު ތަކުން ދަށްކައިފިއެވެ.
އެގޮތުން އިއްޔަ މުޅި ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 412 މީހުންނެވެ. އިއްޔަ ފެނުނު ކޭސްތަކުގެ ތެރެއިން 162 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 239 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 67,950 އަށް އަރައިފައެވެ. އޭގެ ތެރޭގައި 19,670 އެކްޓިވް ކޭސް ހިމެނޭއިރު 166 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 185 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 48,086 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.