މާލޭގައި ނުރައްކާތެރި އެކްސިޑެއް ހިނގާ މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

މާލޭ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ މަގުމަތީ ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 10:00 ޖެހިއިރު ކަމަށާ  އކްސިޑެންޓްގައި މަރުވެފައިވަނީ  އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ އަކީ ސައިކަލްގެ ފަހަތުގައި އިންމީހާކަމަށް ވެސް ފުލުހުން ބުނެއެވެ.  އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިންމީހާ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Loading

One Response

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް