އެމްޑީޕީ ގެ ރައީސްކަން ކުރަން ނިންމީ، ޕާޓީތެރޭ މޫލައި ވަކިހިއްޕާފައި އޮތް އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދުގެ) އާއިލާގެ ވެރިކަން ނިންމައި، އެމްޑީޕީއަކީ ޕާޓީއިން ކަނޑައެޅި ސިޔާސަތާ އުސޫލުތަކާ އެއްގޮތަށް ހިންގާ ސިޔާސީ ޕާޓީ އަކަށް ހަދަންކަމުގައި އެމްޑީޕީގެ ކުރީގެ އިސް ބޭފުޅެއްކަމުގައިވާ ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.
ޝުޢައިބު އެމްޑީޕީގެ ރައީސްކަން ކުރައްވަން ބޭނުންފުޅުވާ ސަބަބުތައް ބަޔާންކޮށްދެއްވަމުން އިތުރަށް ވިދާޅުވެފައިވެއެވެ.
ޕާޓީގެ ލީޑަރޝިޕުން އަމިއްލައަށް އެކަހެރި ވުމަކީ އަންނިއަށް މިއަދު ކުރެވެން އޮތްކަމެއް ނޫންކަން ގަބޫލުކުރެވިގެން އަޅުގަނޑު އެމްޑީޕީގެ ރައީސްކަން ކުރަން ބޭނުންވަނީ.
ދިވެހިރާއްޖޭގެ ވެރިކަމުގެ އާރާއި ބާރުގެ ދަހިވެތިކަމުގައި، އަންނި ވަށާލާފައިތިބި، އީވާ، ސާބެ، ނާޒިމް ސައްތާރު، ނާޝްމެންނާ އަދި މުޅި އާއިލާ އެ މަސްތުގަ ޖެހި އަމަލުވެފައި ތިބިކަން ޔަގީންވުމުން އަޅުގަނޑު އެމްޑީޕީގެ ރައީސްކަން ކުރަން ބޭނުން ވަނީ.
މި މަސްތުގައިޖެހި އަންނިއަށް އެމްޑީޕީގެ ރައީސްކަން ދޫކޮށް ޕާޓީ އާ ލީޑަރޝިޕަކާ ޙަވާލު ނުކުރެވޭނެކަން ޔަގީން ވުމުގެ އިތުރަށް އެފުރުސަތު އަންނި އާއިލާގެ މީހުން އަންނިއަށް ނުދޭނެތީވެ އަޅުގަނޑު އެމްޑީގެ ރައީސްކަން ބޭނުންވަނީ.
އެމްޑީޕީގެ ކޮންމެ މަގާމަކަށް އަންނަ ކޮންމެ މީހަކީ މިއަދު އަންނި ބުނާ ގޮތާ ރުހޭ، އެ އާއިލާއަށް ކުރުނީސްކުރާ ބަޔަކަށް ވާންޖެހޭ ކަން ސާފުކޮށް ފެންނަން ފެށުމާއެކު، އެ މީހުންނަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް މިލްކު ކޮށްދޭތަން ފެންނާތީވެ، އަޅުގަނޑު އެމްޑީޕީގެ ރައީސްކަން ކުރަން ބޭނުންވަނީ.
ޝުޢައިބު ވިދާޅުވި ގޮތުގައި އެމްޑީޕީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ވުޖޫދުކުރީ ރާއްޖޭގެ ވެރިކަމުގެ ތެރެއިން އާއިލީ ވެރިކަން ޚަތިމް ކުރުމުގެ މާތްމަގުސަދުގައެވެ. އެކަން އަޅުގަނޑުމެނަށް ކާމިޔާބު ވުމަށްފަހު ދެން އަނެއްކާ އެމްޑީޕީ އަކީ ކުރީގެ 30 އަހަރަށްވުރެވެސް ހަރުކަށި އާއިލީ ފިކުރެއްކަމުގައި ހަދާކަށް ޗާންސް ދެވިގެން ނުވާނެ. އެ ނިޔަތުގައި އަޅުގަނޑާއި އެމްޑީޕީގެ ޑިމޮކްރެޓިކް ބައިވެރިން މަސައްކަތް ކުރާނީ.
”އެމްޑީޕީ ހިންގަން ޖެހޭނީކީ ކަނޑައެޅި ބަޔާންކޮށްފައި އޮންނަ ސިޔާސަތު ތަކާ އެއްގޮތަށް.“ ޝުޢައިބު ވިދާޅުވިއެވެ. ”އެމްޑީޕީ ތެރޭ އެކަން ހިންގަނީ އެގޮތަށް ނޫންކަން ސާފުކޮށް އެންމެން ތަޖުރިބާ ކުރަމުން މިދަނީ. ޕާޓީގެ އުސޫލުތަކާ ގަވައިދަކީ އަންނިއަށް ވެ ނިމިއްޖެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކީ އަންނިކަމަށް ކަނޑައަޅައިފި. އެ މަގުން ދައުލަތް ހިންގަންފަށައިފި.“
ޝުޢައިބު ވިދާޅުވިގޮތުގައި އަންނި ބުނާ ބަހަކާ ކުރާކަމަކާ ދެކޮޅު ހަދާ ކޮންމެ މީހަކީ ޕާޓީއަށް ޣައްދާރުވާ މީހުންނަށް ހަދައިފިއެވެ. އެ މީސްމީހުން ޕާޓީގައި އަދާކުރާ މަގާމުތަކުން ސަސްޕެންޑު ކުރަމުން އެބަދެއެވެ.
”އަންނި ނުރުހުނީމާ އެއީ ޕާޓީގެ ކިތަންމެ ޚިދުމަތްތެރިއެއް ކަމުގައިވިޔަސް އެ މީހަކު ޕާޓީއިން ބޭރު އެބަ ކުރޭ.“ ޝުޢައިބު ވިދާޅުވިއެވެ. ”އަންނިއަށް ސަނާ ނުކިޔާނަމަ އެ މީހަކު ޕާޓީގެ ހަރަކާތްތަކުން ބާކިކޮށް އެކަހެރި އެބަކުރޭ. އެމީހުން މަގާމުތަކަށް ކުރިމަތިލައިގެން ސިޔާސީ ބާރު ހޯދުމަށް ޕާޓީ ތެރެއިން ޖާގައެއް ނުދޭ. ޕާޓީގެ އެކްޓިވިސްޓު ޓީމުތައް މެދުވެރިކޮށް އެ މީހަކަށް ފުރައްސާރަކޮށް ޖެއްސުން އެބަކުރޭ. އެމީހަކާ ދިމާލަށް ނުގޮވާކަށް އެއްޗެއް ނޯވޭ.“
ޝުޢައިބު ވިދާޅުވިގޮތުގައި އޭނާ އެމްޑީޕީގެ ރައީސްކަން ކުރައްވާނީ ޕާޓީތެރޭގައި ސިއްކަ އެޖެހި އާއިލީ ވެރިކަން ނިންމާށެވެ. އެމްޑީޕީ ރީސްޓަކްޗަރ ކޮށް އެންމެންނަށް ވެސް ތާހިރުގޮތުގައި ކޮންމެ މަގާމަކަށް ކުރިމަތިލައިގެން ވާދަކުރުމުގެ ހައްގުދޭށެވެ.
”މިކަންކުރުމުގެ ހިތްވަރާއި ކެރުމާއި ޤާބިލުކަން ހުރީ އަޅުގަނޑުގެ ކިބައިގައި ކަން އަޅުގަނޑަށް އެނގޭ.“ ޝުޢައިބު ވިދާޅުވިއެވެ.
އަންނިއަށްފަހު އެމްޑީޕީގެ ރައީސްކަން ކުރައްވަން ޝުޢައިބު ނިންމެވި ސަބަބު ވަރަށް ސާފެވެ. ޕާޓީ އަލުންބަލުން އިސްލާހުކޮށް، ޕާޓީތެރޭގައި މިހާރު އޮތް އަންނިގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމެވެ. އަންނި ރައީސް ނަޝީދަކަށް ހެއްދީ ވަރަށް ހެޔޮނިޔަތެއްގައި އަޅުގަނޑުމެނޭ. މިހާރު މުޅިރިފޯމް މޫވްމެންޓްގެ ހިސްޓްރީ އަދި އެމްޑީޕީ އުފަންވި ސަބަބުއާއި އެއީ ކޮންބައެއްގެ ގުރުބާނީތަކެއްކަން އޮޅުވައިލައިގެން އަންނި އެކުރިއަށް ދަނީ. އެކަން ހުށްޓުމަކަށް ގެންނަންޖެހެއެވެ.
”މާތް އައްލާހުގެ ރަޙުމަތާ ވާގިފުޅުން އަޅުގަނޑު އެމްޑީޕީގެ ރައީސްކަން ކުރާނަން.“ ޝުޢައިބު ވިދާޅުވިއެވެ.
3 Responses
ބޭފުޅާރަގަޅުވާނީ MDP އަކާMDP ދޫކޮށްލާ MDP އަކާއަޅާގަނެގެންތި އުޅުށްވަނީކީވެތޯ MDP އަކީMDp..
އަމިށްލައަށްޕާޓީހަށްދަވާ MDP ގަޑުބަޑުކުރަށްވަންނޫޅުށްވާ ނުވާނެއެކަމެއް ތިޔައްވުރެރަގަޅުވާނެނީލަންފިހާރަކާރީގާހުށްޓަސް..
????????
ޝުއެއިބެވެ. ކަލޭމެން އަންނި ކިޔާ ސްޓްރީޓް ބޯއިއެއް ރައީސްއަކަށް ހެދުމުގެ ނަތީޖާ އަހަރެމެން ދެކެފީމެވެ. މައުމޫނުަގެ 30 އަހަރުގެ ވެރިކަން ވެއްޓުމުން އަންނިއާއިއެކު ނާޏަރަންގީވެސް ކުޅީމު ނޫންހެއްޔެވެ. މިހާރު އެއީ ރައީސް ނަޝީދުއެވެ. ބޮޑެތި ފާދިރީންނާއިއެކު ރޭގަނޑު ކުޅިމަޖަލުގައި އުޅެފާ ދެންވާގޮތްވެސް ޝުއެއިބުއަށް އެނގޭނެއެވެ. މިހާރު އެއީ އަންނިއެއް ނޫނެވެ. ރައީސް ނަޝީދުއެވެ. ކަލޭމެން އެންމެން ގުރުބާންކޮށްފައިވެސް އަދި ގައުމުގެ މިނިވަންކަން ވިއްކާފަވެސް ދެން އެލަގަބަކާއި ދުރެއްނުވާނެއެވެ. ވީމާ ތިކުރަން އުޅެނީ ކޮންކަމެއްކަން އެނގިގެން ހުންނެވި ކަމަށް ހީކުރަމެވެ. ބޭރުގެ ބޮޑެތި ފާދިރީ އެޖެންޓުން ތިބޭފުޅާގެ އޭރުގެ އަންނި މިހާރުގެ ރނ. އަށް ޖަމަލު ރޭސްގައި ބެޓްކުރާހެން ބެޓްކުރާނެއެވެ. ހަމަ ޚިޔާލަށް އައިމާ މަ ބުނެލީ.
ތިކުރިމަތިލީ ބޮޑު ކަމަކާ. މިހާރު އެމްޑީޕީ އެވަނީ ކަރަޕްޝަންނުގެ ހާއްޔަކަށް ހަދުވަފާ. ވީމާ އަވަހަށް މަންފާއެއް ހޯދާލަން ބޭނުންވާ މީހުން ދެފަރާތުގެ ހަރުކަށިމީހުންވެސް އެތިބީ އޮޑިއަށް އަރާފަ. އެމީހުނަށް ކޮންމެހެން އާއިލީ ވެރިކަމެއް، ހެޔޮވެރިކަމެއް ބޭނުމެއްނޫނެވެ. ވީމާ ހަކުރުދެންޏާ އެމީހުނަށް ބޮޑުބޭބެއެވެ. އެކަން ޝުއެއިބަށް އެނގޭތޯއެވެ. ދެން ހުރީ ސޯލިޙު ރައީސްއެކެެވެ. އޭނެއަށް ހެޔޮ އުޑު ބޯމައްޗަށް ނުވެއްޓެންޏާ. މައްސަލައަކީ ރައްޔަތުން. ރައްޔަތުންނަށް ހެޔޮ ވެރިކަން ކޮންމެ މީހަކާވެސް ޙަވާލުކުރަން. އެހެނަސް އޭނަގެ ޑްރައިވަރަކަށްވެސް ކޮންމެ ކޮންމެ މީހަކު ނަގަން ބޭނުން ނުވާ ރައްޔަތުންތަކެއް މިއީ. މިވަނީ ކިހިނެއް؟ ދެން ތިބުނާ ބަދަލު އާދޭތޯ ބަލާބަލަ.