ބިދޭސީން ތިބޭ ގޮޅިތައް ބަންދުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ހިންގާ ގޮޅިތަކުގެ ތެރެއިން ބިދޭސީން ބައިތިއްބައިގެން ހިންގާ ގޮޅިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބިދޭސީން ގޮޅިތަކުން ބޭރުކުރުމަށް ގާނޫނުގެ ތެރެއިން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިވެހިން ހަމަނުޖައްސައިފިނަމަ އެ ގޮޅިއެއް ބަންދުކުރާނެ ކަމަށެވެ.
ބިދޭސިންގެ ބަދަލުގައި ދިވެހިން ހަމަޖެއްސުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާރުކޭޓްގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް އެތަނުގެ ދަތިތަކާ ބެހޭގޮތުން މައުލޫމާތު ހޯދައިފައިވާކަމަށެވެ. އެގޮތުން މާރުކޭޓް ފުރާޅުން ފެންފޭބުން ފަދަ މައްސަލަތަކަށް މިހާރުން މިހާރަށް ހައްލުކޮށްދޭނެކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް ތަނުގައި ހުރި ގިނަ ދަތިތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ މާރުކޭޓް ސަރަހައްދަށް ބަދަލުތަކެއް ގެނެސް ދެ މާރުކޭޓުގެ އުތުރުން ދެކުނަށް އާންމުންނަށް ދެވޭނެހެން އެތެރެއިން މަގެއް ހަދަން ނިންމާފައިވާ ކަމަށެވެ.
މަސް މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމާއި އައިސް އަޅައިގެން މަސް ވިއްކޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް މާލެސިޓީގެ މޭޔަރު މުއިއްޒު ރޭ ވިދާޅުވިއެވެ.

Loading

2 Responses

  1. ވަރަށް ރަނގަޅު ކަމެއް. ދިވެހިން އެބަޖެހޭ ޙާލާތާއި ވަގުތަށް ބަލައިފަ ހުރިހާ މަސައްކަތެއްވެސް ކުރަން. މަސައްކަތް ނުކުރަންޏާ ދެން ބިދޭސީން ހުރިހާކަމެއް ހިންގާނީ. ދެން ގައުމަށް ލިބޭހާ ފައިސާއެއް ބޭރުވާނީ. ގައުމުފުނޑޭނީ. ސިޔާސީ މީހުން ކުރާ ވައްކަމާއި ބިދޭނީން ގައުމުން ބޭރުކުރާ ފައިސާތަކާއިއެކު ތިމާގެ ވަޒަންވެސް ބީވެ ދާނީ. ވީމާ ކުރިއަށް ބާރަށް ކުރިއަށް. ޑރ މުއިއްޒަށް ވަރަށް ވެދުން.

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް