އިޒުރޭލުން ހަމަލާދީ ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ އިމާރާތެއް ފުނޑުފުނޑުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ ޚަލީލު ޢިމާރާތަށް ބޮން އަޅައި އެތަން ފުޑުފުޑުކޮށްލައިފިއެވެ.

އަރަބި މީޑިއާއިން ޚަބަރުދޭގޮތުގައި ޣައްޒާގެ އެކިތަންތަނަށް މެދުކެނޑުމެއްނެތި އިޒުރޭލުން އެއްގަމާއި ވައިގެ މަގުން ދަނީ ހަމަލާ ދެމުންނެވެ. އަދި މުސްލިމުންނަށް އަނިޔާވެރި އިޒުރޭލުގެ ބޮޑު ވަޒީރު ބިންޔާމީނު ނަތަންޔާހޫ މެދުކެނޑުމެއްނެތި ވިދާޅުވަމުން ގެންދަވަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާ ދެމުންދާނޭކަމަށެވެ.

ހޯމަދުވަހުގެރޭ މެންދަމުން އަލިވީފަހުން އިޒުރޭލުން ޣައްޒާގެ ހުޅަނގު ސަރަހައްދަށް ދިން ހަމަލާތަކުގައި ހަތަރު ބުރީގެ އިމާރާތެއްވެސް ހަލާކުވެފައިވެއެވެ.

އިޒުރޭލުން މިސައިލާއި ބޮމުން ޣައްޒާގެ އިސްލާމީ ޔުނިވަސިޓީއަށް ދިން ހަމަލާގައި އެތަނާއި ކައިރީގައި ހުރި ތައުލީމީ އެހެން އިދާރާތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.

އިޒުރޭލުން ޣައްޒާއަށް ވަރުގަދަ ހަމަލާތައް އާންމުކޮށް ދެމުންދަނީ މެންދަމާއި ފަތިހުގެ ވަގުތުތަކުގައެވެ.

ގަލްފުގެ މީޑިއާތަކުން ޚަބަރުދިން ގޮތުގައި އިޒުރޭލުން ރޭވެސް 20 މިނިޓުއިރުގެ ތެރޭގައި ވައިގެ މަގުން ޣައްޒާއަށް 20 ހަމަލާ ދީފައިވެއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނިގޮތުގައި އިޒުރޭލުގެ ބޮންއަޅާ ބޯޓުތަކުން ޣައްޒާ ސިޓީގައި އިމާރާތްކޮށްފައިވާ ސަރުކާރުގެ އިމާރާތްތަކަށް ވެސް ވަރުގަދައަށް ހަމަލާދީފައި ވެއެވެ. އެ ގޮތުން ހެލްތު މިނިސްޓްރީ ހިންގާ އިމާރާތަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

އިޒުރޭލުގެ އަނިޔާވެރިކަން އދ އަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ނުހުއްޓުވިގެން އުޅެނީ އެމެރިކާއިން އިޒުރޭލަށް ފުރިހަމައަށް ތާއީދު ކުރަމުންދާތީއެވެ.

 

Loading

2 Responses

  1. Nathan yahoo vidhaalhu vee ey buneema kamaku nudhey.
    Evves Noosveri akuves Enubai jaahilu gahdhaaru Ah kuran jehey Ihuthiraameh Noanaane.

  2. ތިއީ ސިދާ އެމެރިކާ ސަރުކާރުން ބޭނުންވެގެން އިޒްރޭލު ލައްވާ ހިންގާ ޢުދުވާނެއް. އަބަދުވެސް މެރިކާ ތާއިދު އޮންނާނެ އިޒްރޭލަށް. ނޫންތޯ؟

Leave a Reply to މިސްކީނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް