ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް ބީޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަންތާ ޕާޓީގެ އިސް ބޭފުޅެއްކަމުގައިވާ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވެއްޖެއެވެ.

ވިރާތު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހަކީ އެހެނިހެން މަޚުލޫޤުން ފަދައިން ދުނިޔޭގައި އުޅޭ އެއްޗެކެވެ. އެހެންވެ ކޮރޯނާ ވައިރަހަށް ވެސް ދިރިއުޅުމުގެ ހައްގު ލިބިގެންވެއެވެ.

އިންޑިއާގެ އުއްތަރު ކަންޑުގެ ކުރީގެ ޗީފް މިނިސްޓަރ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވި ގޮތުގައި އަޅުގަނޑުމެން އިންސާނުން މަޚުލޫޤުންނަށް ވީފަދައިން ކޮރޯނާ ވައިރަހަކީ ވެސް މަޚުލޫޤެކެވެ. އޭގެ ފަހަތުން އަޅައިގަނެގެން އުޅެނީ އިންސާނުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ރައްކާތެރިކަން ހޯދުމުގެ ގޮތުން ވައިރަސް ދަނީ ސިފަ ބަދަލުކުރަމުންނެވެ.

ވިރާތު ބުނި ގޮތުގައި ކޮރޯނާ ވައިރަސް ވެސް ދިރިއުޅެން ބޭނުމެވެ. އެހެނިހެން މަޚުލޫޤުން ދިރިއުޅެން ބޭނުންވާ ފަދައިންނެވެ. އަދި އެހެނިހެން މަޚުލޫޤުންނަށް ދިރިއުޅުމުގެ ހައްގު ލިބިގެންވާ ގޮތަށް ކޮރޯނާ ވައިރަހަށް ވެސް ދިރިއުޅުމުމުގެ ފުރިހަމަ ހައްގު ލިބިގެންވެއެވެ.

ކޮރޯނާ ވައިރަހަށް ދިރިއުޅުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާކަމަށް ތުރިވެންދުރަ ސިންގް ވިރާތު ވާހަކަފުޅު ދެއްކެވި އިރު، ކޮރޯނާ ވައިރަސް މިދުވަސްކޮޅު އެންމެ ގިނަ ބަޔަކަށް ޖެހެމުންދަނީ އޭނާގެ ގައުމުގެ މީހުންނަށެވެ. އަދި އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ ވެސް އިންޑިއާއިންނެވެ.

އާދީއްތަ ދުވަހުގެ ރޭގެ ހިސާބުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އިންޑިއާގެ 24،684،077 މީހުންނަށް ޖެހި 270،284 މީހުން މިހާތަނަށް މަރުވެފައި ވެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު މިވަގުތު ކޮރޯނާ ވައިރަސް އެންމެ ނުރައްކާތެރި ގޮތަކަށް ފެތުރެމުން ދަނީ އިންޑިއާގައެވެ.

 

Loading

One Response

  1. aharemennah udhagoo kuraakah dhuleh nukureveyne. moyavaahaka nudhahkaa meehunaa nubehi amilla minivankan mathee ulhey

Leave a Reply to abdul majeed Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް