47ވިހަގަދަ ހަރުފަ އިންޑިޔާއަށް ވަގަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

47 ވިހަގަދަ ހަރުފަ ހިމެނޭހެން މަދުވަމުންދާ ”ރެޕްޓައިލް“ ތަކެއް އިންޑިޔާއަށް ވަގަށް އެތެރެކުރަން އުޅުނު އިންޑިޔާގެ ރައްޔިތަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. ތައިލަންޑުން ފުރައިގެން ދަތުރުކުރި މިމީހާ ކަސްޓަމްސް އޮފިސަރުން ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުގައި މިތަކެތި ރައްކާކޮށްފައިހުރީ ޗެކްޑް-އިން ލަގެޖް އަށް ދޫކޮށްލާފައިވާ ދަބަހެއްގައެވެ. އަތުލެވުނު ތަކެތީގެ ތެރޭގައި އޭޝިއަން ލީފް ޓަރޓްލްސް ކިޔާވައްތަރުގެ 5 އެއްޗާއި ދެވައްތަރެއްގެ 47 ވިހަގަދަ ހަރުފަ ހިމެނެއެވެ.މިތަކެތި ހިފަހައްޓާފައިވަނީ އިންޑިޔާގައި އަމަލު ކުރަމުން ގެންދާ،ދިރޭތަކެއްޗާބެހޭ […]

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށްޓަކައި، ޔޫއެންޑީޕީ މޯލްޑިވްސް، ރައްޔިތުންގެ މަޖިލިސް، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5ން 12އަށެވެ. މިއީ 25 އަހަރުން މަތީގެ އަންހެނުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ ޕްރޮގްރާމެކެވެ. […]

ބަނގުލަދޭޝް އާއި އިންޑިޔާގެ ދެމެދު އޮތް ދިފާޢީ މުއާހަދާ އުވާލައިފި

ބަނގުލަދޭސް އިންޑިޔާ އާއެކު ހަދާފައިވާ 5 އަަރަބު 90 ކުރޯޑް ރުފިޔާގެ ދިފާޢީ މުޢާހަދާ އުވާލައިފިއެވެ. އިންޑިޔާ އިން ދިފާޢުކުރަމުން އައި ބަނގުލަދޭޝްގެ ކުރީގެ އަނިޔާވެރި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ރައްޔިތުންގެ އިންޤިލާބަކުން ބަދަލުކުރި ފަހުން ދެޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޝައިޚް ޙަސީނާ ގެ މައްޗަށް ކުރެވިފައިވާ ސިޔާސީ ވާދަވެރިން މެރުމާއި ނިޒާމުން ގެއްލުވާލުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބަނގުލަދޭޝްގެ ކޯޓަށް ޙާޟިރު ކުރުމަށް ޙަސީނާ ފޮނުވައި ދިނުމަށް އެދުމުން […]

ޔުމްނުގެ ބަޔާން ނަގަން މެލޭޝިޔާ ފުލުހުންގެ އެހީ ހޯދަނީ

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޙައްވާ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިޔާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ އެ ޚިދުމަތުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ޢާއިލާގެ އެއްބާރުލުން ލިބުމާއެކު އޭނާގެ ބަޔާން ނެގުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އިތުރު ފަރުވާއަށް އޭނާ ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހުން މެލޭޝިޔާއަށް ގޮސް ތިބިކަމަށެވެ. […]

އުފަންވިއިރު ބޮލުން ގުޅިފައިވާ އެރިޓްރިޔާގެ ދެ ކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި

ސައޫދީ ސަރުކާރުން ހިންގާ ”ކޯޖޮއިންޑް ޓްވިންސް ޕްރޮގްރާމް“ ނުވަތަ އުފަންވާއިރު ގުޅިފައިތިބޭ ކުދިން ވަކިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެރިޓްރިޔާގެ ދެކުދިން ކާމިޔާބް ކަމާއެކު ވަކިކޮށްފިއެވެ. ސައޫދީ ރަސްގެފާނު ސަލްމާން،އަދި ޕްރިއިމިނިސްޓަރ މުހައްމަދުބިން ސަލްމާންގެ ޚާއްސަ އެހީތެރިކަމުގެ ދަށުން ހިންގާ ޕްރޮގްރާމްގެ ދަށުން މިފަހަރު ސަލާމަތް ކުރި ދެއަންހެން ކުދިންކަމަށްވާ އަސްމާ އާއި ސުމޭރާ ތިބީ އުފަންވީއިރު ބޮލުން ގުޅިފައެވެ. ކިންގ ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް އަދި މެޑިކަލްޓީމްގެ ވެރިޔާ އަބްދުﷲ […]