މިނިވަންދުވަހު ފުޅަނދުބުރާއި ސިފައިންގެ ހަރަކާތްތައް އޮންނާނެ

60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެގޮތުން މާލެއާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މިގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި، ޤައުމީ ދިފާޢީ ބާރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މ ފުޅަނދު ބުރެއް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ކަމާބެހޭ މަޢުލޫމާތު އާންމުކުރުމާއި ރޭޑިއޯއާއި ޓީވީގެ ޒަރީޢާއިން ގެނެސްދޭ ޝައުޤުވެރި އެތައް ކަންތައްތަކެއް ހިމެނޭނެކަމަށް […]