ހުރިހާ މޮޅަކާއި ކާމިޔާބީއެއް ލިބެނީ އީރާނަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެމެރިކާގެ ދަ ހިލްގެ ތަޖުރިބާކާރުން މި ދުވަސްވަރު މެދުއިރުމަތީގެ ނުރައްކާތެރިކަން ދިރާސާ ކުރުމަށްފަހު ހާމަކޮށްފައިވާ ރިޕޯޓެއްގެ ޚުލާސާއެކެވެ. މެދުއިރުމަތީގެ ހާލަތާ ދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވެ ހިތާމަކުރަމުންދާއިރު ތަޖުރިބާކާރުންގެ ވިސްނުންތެރި ދިރާސާތަކުން ބުނެދޭ އެއްޗެއް އެނގުމަކީ ބޭނުންތެރިކަމެކެވެ. އާންމުގޮތެއްގައި މީޑިއާގެ ޚަބަރުތައް ގެނެސްދޭ ކޮންމެ ވަސީލަތަކުންވެސް ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭނީ އެމީހުން ބޭނުންވާ ކުލައެއް ޖެއްސުމަށްފަހުގައެވެ. މިއީ އެންމެންނަށް އެނގޭ ތެދު ހަގީގަތެކެވެ. އެއާ ޚިލާފަށް ތަޖުރިބާކާރުންގެ ރައުޔު ވަރަށް ގިނަ ފަހަރަށް […]

ބައިމަދު ނަސްލުތަކުގެ މީހުންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް ޚާމަނާއި ފާޑު ވިދާޅުވުމުން އިންޑިއާ ނުރުހިއްޖެ

ބައިމަދު ނަސްލުތަކުގެ މީހުންނާމެދު އިންޑިއާއިން ކަންތައް ކުރަމުންގެންދާ ގޮތާއި ދޭތެރޭ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ފާޑުވިދާޅުވުމުން އިންޑިއާއިން ނުރުހުން ފާޅުކޮށްފި ކަމަށް ނިއުދިއްލީއިން މިއަދު ރޮއިޓާރސް ޚަބަރު ދީފިއެވެ. އިންޑިއާގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ އަލީ ޚާމަނާއި އަށް ފުރިހަމަ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށާއި އެ ވިދާޅުވުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ބައިމަދު ނަސްލުތަކުގެ މީހުންގެ މައްސަލާގައި އެހެން ގައުމުތަކުގެ ވާހަކަ ދެއްކުމުގެ ކުރިން ތިމަތިމާމެން ކަންތައް ކުރަމުންގެންދާ ގޮތާ ދޭތެރޭ ޚިޔާލުކޮށްލުން […]