ޙަޤީޤީ ޤައުމިއްޔަތަކީ ކޮބާ؟

ނައިފަރު މުޙައްމަދު ސަމީރު، އެބޭފުޅާ ލިޔުއްވި ”ދިވެހި ޤައުމިއްޔަތު“ މި ލިޔުމުގައި ބަޔާން ކުރައްވާފައި ވެއެވެ: ”މި ރާއްޖޭގެ ރަށްތަކުގައި، ރުއްތަކުގެ ހިޔާވަހިކަމުގެ ދަށުގައި ކަނޑުންނާއި އެއްގަމުން އަނގަމަތިކޮށް ދެއްވާފައިވާ ޚަޒާނާތަކުން ދިރިއުޅުން ހަމަޖައްސަމުން، އަމިއްލަ ވެރިކަމެއް މިނިވަންކަމާ އެކު ، އިސްލާމްދީނުގެ އަލީގައި ކުރަމުން، އަމިއްލަ ބަހަކުން ވާހަކަދައްކައި ލިޔަމުން ދާ ބަޔަކީ ދިވެހީންނެވެ.މި ދެންނެވި އަޞްލު އުޞޫލުތައް ރާއްޖޭގެ އަތޮޅުތަކުންވާ ރަށްތަކުގެ ދަރީން ގައި ހުރުމަކީ އެއީ ދިވެހި ޤައުމިއްޔަތެވެ.“ އާދެ! ޙަޤީޤީ ޤައުމިއްޔަތަކީ […]

މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވާންޖެހޭ

ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ޕްލޭން ކޮށްގެން ސަރުކާރުން ހަދާފައިވާ ރަށެކެވެ. ދެމީޓަރު އުސްމިނުގައި ހިއްކާފައިވާ ހުޅުމާލޭގައި ޕާކް ކުރުމުގެ ޕްލޭނެއް ސަރުކާރުން އެކުލަވާލާފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އެކްސިޑެންޓްތައް ގިނަވެ މަރުވަމުންދާ މީހުންގެ ޢަދަދު ނިސްބަތުން ހުޅުމާލޭގައި އަންނަނީ އިތުރުވަމުންނެވެ. ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވާ ލައިން ކުރަހާފައިވީ ނަމަވެސް އެ ލައިންތަކުގެ ބޭނުން ވެހިކަލް ދުއްވާފަރާތްތަކަށް ނުކުރެވެއެވެ. ސަބަކަށް ވެފައި ވަނީ ކާރާއި ޕިކަޕާއި ސައިކަލާއި ލޯރިފަދަ ވެހިކަލް ތައް ޕާކުކުރާނޭ ޖާގަ މީހުން ދިރިއުޅޭ […]

މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުއްޔާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން 600 ދުވަސް ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މަސައްކަތެކެވެ. މުލި-ނާލާފުށި ކޯޒްވޭ އަކީ 565 […]

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ފޭސް -2 ހިޔާ ޕާކުގައި ’އުފާ ފެސްޓިވަލް‘ ބާއްވަނީ!

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން ’އުފާ ފެސްވިޓަލް‘ ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ. އިޖުތިމާއީ އަދި އާއިލީ ތަަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެސް-2 ’ހިޔާ ޕާކު‘ ސަރަހައްދުގައި ކަމަށެވެ. މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ […]

ތިމާގެ ”ގެ“ އިން އަކައިންޗިއެއް ވެސް ދޫދޭން ބޭނުމެއްނުވެ، އެކަމަކު ފޯޅަވަހި ބޭނުމެއްނޫން!

ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ތިމާއަށް ގެދޮރު އެޅުމަށް ނޫނީ އިޤްތިޞާދީ ނަފާ ލިބޭ ބިމުން އަކައިންޗިއެއް ވެސް އެހެން މީހަކަށް ތިމާމެން ދޭކަށް ބޭނުމެއް ނުވެއެވެ. މައިންބަފައިންގެ ގޯތި ދަރިންނަށް ތަރިކައިން ލިބޭ ލިބުމުގައި ދަރީންގެ ދެމެދުގައި އޮންނަ ވާދަވެރިކަން ފެނި ބައެއް ފަހަރު ހިތަށް އަރަނީ އެ ގޯތި ތެރޭގައި ހަނގުރާމައެއް ފެށޭނީ ކޮން އިރަކުން ބާއެވެ. އެހާވެސް ބިމުން ލިބޭ ބަޔާ މެދު ފާރަވެރި ވެއެވެ. މިކަން ވަރަށް ރަނގަޅަށް ތަރިކަ ބަހައިދޭ […]

މެދުކަނޑަށް ނޭރެވެނީސް ސަރުކާރުގެ މިއޮތް ސިޔާސަތު ބަދަލު ނުކޮށްފިނަމަ އޮޑި ދިޔަހެލޭނެ

ކޮންމެ މީހަކު ދެއްކިއަސް ރަނގަޅު ވާހަކަ އެއްވިއްޔާ ގަބޫލު ކުރުމަކީ މާތްސިފައެކެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެސް ރައްޔިތަކު މި ސަރުކާރު ބަލިވާތަން ދެކެން ބޭނުމެއް ނުވާނެއެވެ. އެހެނަސް ރައީސް މީހާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ސަރުކާރަށް ލެވިފައި ތިބި ގަމާރު ބައެއްގެ ރައުޔަށް ދޫކޮށްލުމަކީ ރައްޔިތުންގެ ކުރިމަތީގައި ރައީސް މީހާގެ އަގު ކިސަޑުވެ ދެމިގެން ހިނގައިދާނެ ކަމެކެވެ.  ރައްޔިތުން އުންމީދު ކުރިފަދަ ތެދުވެރި ވަފާތެރި އަމާނާތްތެރި އިޚުލާސްތެރި ވެރިޔަކަށް ވެވޭނީ މޮޔަ […]