އެޗްޑީސީން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ލޯންޗުކޮށްފި

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި ”ސޭފާ ހުޅުމާލެ“ގަ އެވެ. ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޔުނީފޯރމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ […]

ރާއްޖޭގައި ތިބީ އެޗްއައިވީ ޖެހިފައި ތިބި 36 މީހުން

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެެގޮތުން މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން […]

ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ޠައިބާ ޙައްޖު ޢުމްރާ ގުރޫޕުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ނިޔާވެފައިވަނީ ތ. ވަންދޫ، އިސްމާޢީލް އަޙުމަދު (70އ) ކަމަށް އެ ގުރޫޕުން މަޢުލޫމާތުދެއެވެ. އެ ގުރޫޕުން ބުނީ، އިސްމާޢީލް އަޙުމަދުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްޙަރާމްގައި، ފަތިސް ނަމާދަށްފަހު ކަމަށެވެ. ޠައިބާ ޙައްޖު ޢުމްރާ ގުރޫޕަކީ މަރުޙޫމް ޝައިޚް ފަރީދު އުފައްދަވާފައިވާ ގުރޫޕެކެވެ. ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން، އެ ގުރޫޕާއެކު ޢުމްރާއަށް ދިއުމަށް ފައިސާ […]

އިންޑޮނީޝިޔާގައި ބޭބީ ޓްރެފިކް ކުރާބަޔަކު ހައްޔަރުކޮށްފި: ބަނޑުގަ އޮއްވާ ދަރިފުޅު ރިޒާރވް ކޮށްފައި އެބަހުރި

އިންޑޮނީޝިޔާގައި ބޭރު ގައުމުތަކަށް ތުއްތުކުދިން ވިއްކަމުން ގެންދިޔަބަޔަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން 2023ން ފެށިގެން މަދުވެގެން 25 ބޭބީ ނުވަތަ އެންމެ ތުއްތު ފުރައިގެ ކުދިން ސިންގަޕޫރުގެ އެކިފަރާތްތަކަށް ވިއްކާފައިވާކަމަށް ވެއެވެ.އިންޑޮނީޝިޔާގެ ދެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން ދިޔައިރު މިކަމުގައި ބައިވެރިވި 13 މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޭރަށް ފޮނުވުވުމަށް ތައްޔާރު ވަމުންދިޔަ ހަ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މިހުރިހާ ކުދިންނަކީވެސް އެއްއަހަރުން […]

ޕީޑިޑީ އާއި އިންޓެލިޖެންސްގެ ޖާސޫސީ ހަރަކާތްތަކާ ގުޅުވައިދޭ ދައުވާތަކެއް ފެންމަތިވެއްޖެ

އާންމުކޮށް ޕީޑިޑީގެ ނަމުން މަޝްހޫރު ޝޯން ކޮމްބްސް، މޮސާޑާއި ސީއައިއޭއާ ގުޅުން ހުރި ކަމަށް ބުނާ ސިއްރު ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވެފައި ހުރެދާނެ ކަމަށް ބުނާ ވާހަކަތަކެއް ހާމަވެއްޖެއެވެ. މުނިފޫހިފިލުވުމާއި ޖާސޫސީ ދާއިރާތަކުގެ ތެރޭގައި ދައުރުވަމުންދާ މަސްދަރުތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ ހިންގަނީ ހޮލީވުޑްގެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ބްލެކްމެއިލް ނެޓްވޯކެކެވެ.ތުހުމަތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮމްބްސްގެ ހައި ޕްރޮފައިލް ޕާޓީތަކަކީ މަޝްހޫރު ފަރާތްތައް ކޮމްޕްރޮމައިޒް ކުރުމަށާއި، ސިއްރު ރެކޯޑިންތައް ހިމެނޭ ”ހަނީ ޓްރެޕް“ އޮޕަރޭޝަންތައް ހިންގުމަށް […]

ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށައިފި

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލައި، ޚިދުމަތްދެމުން ގެންދިޔައީ ހިޔާ ފުލެޓު 16ގައި ހުންނަ ހިޔާ ކްލިނިކުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ކަރަންޓު ކެނޑުމަށް ދިމާވެފައިވަނީ ހޮސްޕިޓަލުގެ މައި ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ހައްލުކުރެވި، އަލުން ޚިދުމަތް ފެށިފައި […]

ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ނުސީދާ މެސެޖެއް ރައީސް ޓްރަމްޕަށް

އެމެރިކާއިން އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހނގުރާމަ ހޫނުކުރަން މަސައްކަތްކުރަމުން ގެންދާއިރު ޗައިނާއާއި ރަޝިޔާއިން އެއް އަޑަކުން ހަނގުރާމަ ހުއްޓާލަން ގޮވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ބުރާސްފަތު ދުވަހު ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކައިގައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ އީރާނާ ދެކޮޅަށް އިސްރާއީލުންކުރާ ހަނގުރާމައިގާ އިސްރާއީލާ އެކު ބައިވެރި ވުމަށެވެ. ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ވާހަކަފުޅުން އެމެރިކާގެ ބާރު ނޫން  އެހެން ބާރުތައްވެސް ހުރިކަން ހާމަކޮށްދީފިއެވެ. ދެ ރައީސުންގެ ވާހަކަފުޅުގައި އިސްރާއީލުން އީރާނަށް […]

ހޮންކޮންގް މުބާރާތުން މެޑަލް ހޯދި ނެޓްބޯޅަ ދެ ޓީމާ މިނިސްޓަރު ބައްދަލުކުރައްވައިފި

ހޮންކޮންގް ޗެލެންޖް ކަޕް 2025ގައި 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު ދެ ޓީމާއި ބައްދަލުކުރައްވައިފިއެވެ. ހޮންކޮންގް ޗެލެންޖްކަޕް 2025 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ހެންވޭރު ބޯޅަގޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވަނީ ކުޅުންތެރިންނާއި […]

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު އީރާނުން އިސްޖަހާލައިގެން އޮތީކީނޫން

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާ ތަކެއްގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް(އައިއާރްޖީސީ)ގެ ވެރިޔާ ހުސައިން ސަލާމީ އާއެކު އެތައް ޖެނެރަލުން އަދި އިސް ސައިންސްވެރިން ތަކެއް ޝަހީދު ކޮށްލާފައިވީ ނަމަވެސް އެމެރިކާއާއި އިޒްރޭލުން ހީކުރި ގޮތަށް އީރާނުން އިސްޖަހާލައިގެން ހިމޭނުން އޮތީކީނޫނެވެ. ހުކުރުވިލޭރޭ ފަތިހު އިޒްރޭލުން ދިންހަމަލާތަކަށް 12 ވަރަކަށް ގަޑިރުނުވަނީސް އީރާނުން ވަނީ އެތައްސަތޭކަ ޑްރޯން ބޭނުންކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.ހުކުރު […]

ކަނޑޫމާތިލަ ކައިރިއަށް ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ކަނޑޫމާތިލަ ކައިރިއަށް ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަަށައިފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލިފައި ވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. […]