އިމްރާން ޚާން ދިރިހުންނެވިކަމުގެ ހެކި ހާމަކުރުމަށް ދަރިކަލުން ގޮވާލައްވައިފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމުގެ އަޑުތައް ބާރަށް ފެތުރެމުންދާއިރު، އިމްރާން ދިރި އެބަ ހުންނެވިކަމުގެ ހެކި އަވަހަށް ހާމަ ކުރުމަށް އިމްރާންގެ ދަރިކަލުން ކާސިމް ޚާން ޕާކިސްތާން ސަރުކާރަށް ގޮވާލައްވައިފިއެވެ. އަދި މިކަމުގައި އިންޓަރނޭޝަނަލް ފަރާތްތަކުންވެސް ”އަރޖަންޓްކޮށް“ ކަމެއް ކޮށް ދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ. އިމްރާން ޚާން ގެ އާއިލާއިންބުނެފައިވަނީ ފާއިތުވި ހަ ހަފްތާގައިވެސް އާއިލާއަށް ވެސް އަދި ގާނޫނީ ވަކީލުންނަށްވެސް އިމްރާން އާއި ބައްދަލް ކުރުމުގެ ފުރުސަތު ދީފައިނުވާކަމުގައެވެ. އަނެއްކޮޅުން […]
ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. “މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވަމެވެ. […]
ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގިނަބަޔަކު އުސް ހިސާބުތަކަށް ބަދަލުކޮށްފި

ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސް އަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަހައްދު ތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން އެހިސާބުތަކުގައި ދިރިއުޅޭ ދެލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ. މިހާވަރަށް ފެންބޮޑުވެފައި ވަނީ ތިންކޯރެއް ފުރި، ބަންޑުން ދިއުމުގެ ސަބަބުންނާއިއެކު ކަމަށް ޚަބަރު ލިބެއެވެ. ބައެއް ހިސާބުތަކުގައި ފެންގަނޑު ބޮޑުވެފައިވާ ވަރުން މީހުން ސަލާމަތް ކުރުމަށް ބޮއްކުރާފަދަ ބޯޓުތައް ބޭނުން ކުރިކަމަށް ވެއެވެ. މިގޮތުން ބޯޓުތަކުގައި 32،000 ހަށް ވުރެގިނަ މީހުން ވަނީ ސަލާމަތް […]
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތަކަށް ނިމުން އަތުވެދާނެކަމުގެ އުންމީދެއް ލިބިއްޖެ

ނިއުކްލިއަރ 2 ބާރު ކަމަށް ބެލެވޭ އިންޑިއާއާއި ޕާކިސްތާނު ދެމެދުގައި ފެށުނު ދެކޮޅުވެރި މިސައިލް ހަމަލާތަކަށް ނިމުމެއް އަތުވެދާނެކަމަށް އުންމީދު ކުރެވެން ފަށައިފިއެވެ. ދެ ގައުމުންވެސް މިހާރު ބުނަމުންގެންދަނީ އެއް ގައުމުން ހަމަލާ ނުދޭ ނަމަ އަނެއް ގައުމުންވެސް ހަމަލާ ނުދޭނެ ކަމަށެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ޑަރް ވިދާޅުވެފައިވަނީ އިންޑިއާއިން ހަމަލާ ނުދޭ ނަމަ ޕާކިސްތާނުން ހަމަލާ ނުދޭނެ ކަމަށެވެ. އިނޑިއާއިން ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ […]