އަތޮޅުތެރޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކޯހެއް

ސްޓެލްކޯއިން، އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ހާއްސަ ކޯހެއް ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ އެ ޕްރޮގްރާމަކީ ”ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް“ގެ ކޯހެއް ކަމަށެވެ. އެ ކޯހުގައި އެކި ރަށްތަކުން ސްޓެލްކޯގެ 60 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެ ކުންފުނިން ބުނީ އެ ކޯހުގެ މަގުސަދަކީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން މުވައްޒަފުންގެ […]
ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ޙުސައިން ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާގޮތުގައި ފަހުމީ ހަމަޖެއްސެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވެގެން ވަޑައިގެން އެ ކުންފުނީގެ އެކައުންޓިންގ ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ. ފަހުމީ އެ ކުންފުނީގެ މެނޭޖިން […]
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، މިއަދު މާލެއާއި ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ކަރަންޓު ވިއުގައިގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ: ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކުން މެދުކެނޑޭނީ ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، ކުޑަ ވަގުތުކޮޅަކަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ފުލެޓުތަކަކުން ކަރަންޓު ކެނޑުމަށްފަހު، މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓު ލިބިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ ހިޔާ ފުލެޓު، އެމްއޭސީއެލް، ސްޓެލްކޯ، އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ފްލެޓްތަކުންނެވެ. މީގެތެރޭން އެސްޓީއޯ ފުލެޓުތައް ފިޔަވައި އެހެން ހުރިހާ ފުލެޓުުތަކަކަށް ކަރަންޓު ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. އާދަޔާ ޚިލާފަށް ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ދިމާވަމުންދާއިރު، މިދިޔަ ޖޫން 1ވަނަ ދުވަހު […]
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ދެންމެ ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި މައްސަލަ ދެނެގަނެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މިކަމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.