ނިދާ ހޭލާ އިރުވެސް ވަރުބަލިވެފައި ހުންނަ ނަމަ ކަންތައް ކުރާނެ ގޮތް!

ފުރިހަމަ ނިންޖަކަށް ފަހުގައިވެސް ވަރުބަލިކަން އިހްސާސްކުރެވޭ ހެއްޔެވެ؟ ސިއްޙީ މާހިރުން ބުނާގޮތުގައި ނިދުމަކީ ހަށިގަނޑުގެ ހަކަތައާއި މޫޑު ކަނޑައަޅާ 6 ބިންގަލުގެ ތެރެއިން އެންމެ ބިންގަލެއް ކަމަށެވެ. ބައެއް މީހުން ސަމާލުކަން ނުދޭ ބާކީ 5 ބިންގާ ދޫކޮށްލެވިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ނަތީޖާ ފުރިހަމަނުވާ ކަމަށް މާހިރުން ބުނެއެވެ. އެހެންކަމުން ދާއިމީގޮތުގައި ހަކަތަ ދަށްވުމުގެ ނުވަތަ މޫޑު ދަށްވުމުގެ ސަބަބަކީ އެންމެ ސަބަބެއް ކަމަށް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާހިރުން ބުނެއެވެ. ދާއިމީ […]

ކެއްސުމާއި އަރިދަފުސް ރޯގާއަށް ލުއި ހޯދިދާނެ ފަސޭހަ 7 ގޮތެއް

ކެއްސުމެއް ނުވަތަ އަރިދަފުސް ރޯގާއެއް ޖެހުމުން، ގިނަ ބަޔަކު އުންމީދު ކުރަނީ އެންޓިބަޔޮޓިކް ބޭނުންކޮށްގެން އަވަހަށް ބަލިން ފަސޭހަވާނެ ކަމަށެވެ. ނަމަވެސް، ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެންޓިބަޔޮޓިކަކީ ހަމައެކަނި ނިއުމޯނިއާ ފަދަ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އާންމު ރޯގާ، އިންފްލުއެންޒާ އަދި ކަރުގައި ރިއްސުން ފަދަ ވައިރަހުގެ ސަބަބުން ޖެހޭ ބަލިތަކަށް މީގެން ފަރުވާއެއް ނުލިބެއެވެ. އޭގެ ބަދަލުގައި، ހަށިގަނޑުން ގުދުރަތީ ގޮތުން ވައިރަހާ ހަނގުރާމަކުރަމުންދާއިރު، ގޭގައި ކުރެވިދާނެ ފަސޭހަ […]

’ސިއްހަތަށް ރަނގަޅު‘ ކަމަށް ބެލެވޭ 3 ކާނާއެއްގައި ފޮރުވިފައިވާ ހިތުގެ ބަލީގެ ނުރައްކާ

ސިއްހަތަށް ރަނގަޅު ކަމަށް އިޝްތިހާރުކުރާ ގިނަ ކާނާތަކަކީ ހީކުރާ ވަރަށްވުރެ ހިތަށް ގެއްލުން ހުރި އެއްޗެހި ކަމަށް ވެދާނެއެވެ. ހިތުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ކައިލާ ލާރާ-ބްރައިޓިންގާ ވިދާޅުވާ ގޮތުގައި، އާންމުކޮށް ބޭނުންކުރާ ބައެއް ތަކެއްޗަކީ ”ހެލްތު ހޭލޯ“ ނުވަތަ ސިއްހަތަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ދައްކައިގެން އޮޅުވާލާފައިވާ ތަކެއްޗެވެ. މީގެ ސަބަބުން، މީހުންނަށް ހީވަނީ އެމީހުން އިޚްތިޔާރު ކުރަނީ ރަނގަޅު ކާނާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެތަކެތީގެ ސަބަބުން ހިތުގެ ބަލިތަކުގެ […]

ހަށިގަނޑުގެ ދިފާއީ ނިޒާމު އަމިއްލަ ހަށިގަނޑަށް ހަމަލާދީފާނެ

ގިނަ މީހުންނަކީ ހުޅުހުޅުގައި ރިއްސުމަށް މާބޮޑު ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. އާންމުކޮށް މިފަދަ ރިއްސުންތަކަކީ ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން، ނުވަތަ މަސައްކަތުގައި ގިނަވަގުތު ހޭދަކުރުމާއި، ނިދި މަދުވުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް ކުރިމަތިވެފައިވާ އަސްލު މައްސަލައަކީ މިއަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން މިހާރު އިންޒާރު ދެއެވެ. އެއީ ހަށިގަނޑުގެ އަމިއްލަ ދިފާއީ ނިޒާމު، ސިއްރުވެރި ގޮތަކަށް […]

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ، މިހާތަނަށް 100 އަށްވުރެ ގިނަ މަރު

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް އެއް މިލިޔަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ވެކްސިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މި ބަލީގައި މިހައިތަނަށް 100މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު،މީގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ބަންގްލާދޭޝްގައި އެންމެ ބޮޑަށް ހިމަބިހި ފެތުރިގެންދާ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އާދީއްތަ ދުވަހު ފެށި ވެކްސިނޭޝަން ކެމްޕޭން އަކީ ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއި، އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)، […]

ރާއްޖޭގައި ތިބީ އެޗްއައިވީ ޖެހިފައި ތިބި 36 މީހުން

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެެގޮތުން މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން […]

ރަޝިޔާއިން ކެންސަރު ބައްޔަށް ވެކްސިނެއް އުފައްދައިފި: ބޭނުން ކުރަން ރައްކާތެރިބާ؟   

ރަޝިޔާއިން ކެންސަރ ބައްޔަށް ވެކްސިނެއް އުފައްދާ، ވެކްސިން ބޭނުން ކުރަން ތައްޔާރު ވެފައިވާކަން އިއުލާން ކޮށްފިއެވެ. ހުރިހާ ބަލިމީހުންނަށް ހިލޭ ދޫކުރާ މިވެކްސިނަކީ ”mRNA-based” ވެކްސިން އެއްކަމަށާ، ވެކްސިންގެ ނަމަކީ އެންޓަރޯމިކްސް (EnteroMix)  ކަމަށް އެގައުމުގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ވަނީ އިއުލާން ކޮށްފައެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި މިއައު ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރަޔަލްތަކުން އުންމީދީ ނަތީޖާތަކެއް ވަނީ ފެނިފައެވެ. މިގޮތުން ވެކްސިން ބޭނުން ކުރުމުން ކެންސަރުގެ ޓިއުމަރތައް ކުޑަވެ، އަދި އިތުރަށް […]

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފި

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފިއެވެ. އެ ޒިޔާރަތުގައި އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ޑޮކްޓަރުން ހިމެނެއެވެ. އެ މެޑިކަލް ޓީމު ޒިޔާރަތްކޮށްފައި ވަނީ ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށެވެ. “މި ޒިޔާރަތުގައި އެ ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފައި“ ހެލްތު މިނިސްޓްރީން ބުނެފައި […]

ދުވަސްވީ މީހުންނަށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ދިިނުމަށް މަޝްވަރާކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ގޭގެއަށް ގޮސްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ކޮމިއުނިޓީ ނާރސް ވޮލަންޓިއަރސް (ސީއެންވީ)ގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި ސީއެންވީއިން ވަނީ ގޭގައި ތިއްބަވާ އުމުރުން ދުވަސްވީ މީހުންނަށް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ރިސްކް ފެކްޓަރސް ދެނެގަތުމާއި، ސޭފް މޮބިލިޓީ ޕްރޮމޯޓްކުރުމާއި، ކަސްރަތު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ބެލެހެއްޓުންތެރިންނަށް ތަމްރީނު ދިނުމާއި، […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ. އެ މެޑިކަލް ކޭމްޕް އިންތިޒާމްކޮށްފައި ވަނީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިންނެވެ. އެގޮތުން އެ މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ. ”މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް“ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން […]