ސްޕޭސް އެކްސްގެ ރޮކެޓެއް މިއަދު ހަނދަށް ވެއްޓިއްޖެ!! ދެން ވާނީ ކިހިނެއް؟

2025 ވަނަ އަހަރު ގެ ޖަނަވަރީމަހު ޖައްވަށް ފޮނުވާލި ސްޕޭސްއެކްސްގެ ރޮކެޓް ފެލްކަން9 ގެ މަތީބައި ޖަށްވަށް ދޫކޮށްލުމުން ޖައްވުގައި އެނބުރުމަށްފަހު މިއަދު، ބުދަދުވަހުގެ ވަގުތެއްގައި ހަނދާ ”ކޮލައިޑް“ ވާނެކަމަށް ނުވަތަ ބާރު ފޯސްއަކާއެކު ހަނދަށް ވެއްޓޭނެ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ސްޕޭސް އެކްސްގެ ރޮކެޓް ނުވަތަ ރޮކެޓްގެ މަތީބައި ޖައްވުގައި އެނބުރިފައިވަނީ ސިކުންތަކު 2.43ކިލޯމީޓަރުގެ ބާރު މިނުގައެވެ.އަދި އެބައިގެ ބަރުދަނުގައި 4000 ކިލޯގްރާމް ހުރިއިރު ފަސްބުރި އިމާރާތެއްހާ ބޮޑު ކަމަށް ވެއެވެ.އެމެރިކާގެ ސްޕޭސް އޭޖެންސީން ބުނެފައިވަނީ […]
ޖަޕާންގެ އެއާޕޯޓުތަކުގައި ބެގެޖް ހެންޑްލް ކުރުމަށް ރޮބޮޓް ބޭނުން ކުރުމަށް ތައްޔާރުވަނީ

ޖަޕާންގެ އެއާޕޯޓްތަކުގައި ބެގެޖް ހެންޑްލް ކުރާ މީހުންނަކީ މަސައްކަތަށް ފަރުވާތެރިކަމަށް ދުނިޔެއަށް މަޝްހޫރު ބައެކެވެ. ނަމަވެސް ޖަޕާން ހަނޭޑާ އެއާޕޯޓްގައި ބެގެޖް ހެންޑްލް ކުރުމަށް ރޮބޮޓުން ބޭނުން ކުރަން ތައްޔާރު ވަމުން ދާކަމަށް ޚަބަރު ލިބެއެވެ.މިގޮތުން މޭ މަހުގެ އެއްވަނަ ދުވަހުންފެށިގެން ޖަޕާން އެއާލައިންސް އިން އެއާޕޯޓްގެ ގްރައުންޑް ހެންޑްލިންގ މަސައްކަތް ތަކުގައި ރޮބޮޓުން ބޭނުން ކުރަން ވަނީ ނިންމާފައެވެ. މިގޮތުން ރޮބޮޓް ބޭނުން ކުރަން ނިންމީ މިހާރު މިމަސައްކަތުގައި އުޅޭ މީހުންނަށް ނުކުރެވޭ ވަރަށް މަސައްކަތް […]
ނޭޕާލުގައި ސަރުކާރާދެކޮޅަށް ކުރެވުނު މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައިވާތީ ކުރީގެ ބޮޑުވަޒީރު ހައްޔަރު ކޮށްފި

2025ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި ސަރުކާރު ސިފައިން ނަހަމަ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް އަނިޔާވި މައްސަލައިގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. ހޮނިހިރު ދުވަހު ހެނދުނު އޮލީ ހައްޔަރު ކުރުމުގެ ކުރިން، އާންމު އުސޫލުގެ މަތިންވަނީ ހޮސްޕިޓަލަށް ގެންގޮސް ފުލް ޗެކްއަޕްއެއްހަދާ އަދި ޓެސްޓް ތައް ވަނީ ހަދާފައެވެ.ސަރުކާރާ ދެކޮޅަށް މިދިޔަ […]
ރަހަފަތް: ސްޓްރޯބެރީ ފަލޫދާ

ބޭނުންވާ ތަކެތި1 ލީޓަރު ސްޓްރޯބެރީ ފްލޭވަރ ކިރު1 ޖޯޑު ކޮށާފައި ހުރި ޖެލީ (2 ކުލައެއްގެ ޖެލީ ހިމެނޭހެން)2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްދޮންކެޔޮވަކެއް ތުނިކޮށް ފޮތިކޮށްފައިމޭބިސްކަދުރު ފަޅިކޮށްފައިވެނީލާ އައިސްކްރީމް ތައްޔާރުކުރާނެ ގޮތް:ޗިއާ ސީޑް 2 ޖޯޑު ހޫނު ފެނަށް އަޅާފައި ގަޑިއެއްހާއިރު ބަހައްޓާށެވެ.އެއަށްފަހު ކިރު އެތީގެ ތެރެއަށް ކޮށާފައި ހުރި ތަކެތި އަޅައި އެއްކޮށްލުމަށްފަހު ޗިއާ ސީޑް ކޮޅު އަޅާފައި އައިސްއަލަމާރިއަށް ލައި ފިނިކުރާށެވެ.ބޯންވީމާ ތައްޓަށް އެޅުމަށްފަހު މައްޗަށް އައިސްކްރީމް އަޅާލާށެވެ. ނޯޓް: ޗިއާ ސީޑުގެ […]
ބީޓްރޫޓް ހިކިރިހަ

ބޭނުންވާ ތަކެތި:1 ޖޯޑު ބީޓްރޫޓް (ހިމަދިގަށް ތުނިކޮށް ކޮށާފައި)2 ހިކަނދިފަތް1 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު1 ފިޔާ (މެދު ސައިޒުގެ)2 ލޮނުމެދުބައިޖޯޑު ބޯ ކާށިކިރު ތައްޔާރުކުރާނެ ގޮތް:ފިޔާ ތުނިކޮށް، އަދި ލޮނުމެދު ހިމުންކޮށް ކޮށާލާށެވެ.އެއަށްފަހު ހިކަނދިފަތް އަޅައިގެން ފިޔައާއި ލޮނުމެދު ތެޔޮފޮދެއްގައި މީރުކޮށްލާށެވެ.ފިޔައަށް ބިއްލޫރި ކުލަ އެރުމުން 1 ސައިސަމުސާ ލޮނު އަޅާފައި ބީޓްރޫޓްކޮޅު އެޅުމަށްފަހު ބައިޖޯޑު ފެން އަޅައި، މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.ބީޓްރޫޓުގެ ރޯ ރަހަ ކެނޑި، މަޑުވުމުން ލޮނުމިރުސް ހަވާދުކޮޅު އަޅައި އެއްކޮށްލާށެވެ.މިނިޓެއްހާއިރު ކައްކާލުމަށްފަހު ކާށިކިރުފޮދު […]
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމުން ގެއްލުމެއް ނެތް ކަމަށް ސްޓަޑީއަކުން ދައްކައިފި

މާބަނޑު ދުވަސްވަރު އަންހެނުން ޕެރަސެޓަމޯލް ބޭނުންކުރުމުން ލިބޭ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވާކަމުގެ ހެއްކެއް ނެތް ކަމަށް މުހިންމު ސްޓަޑީއަކުން ދައްކައިފިއެވެ. ކުރިން ހީވެފައިއޮތީ އަންހެނުން ބަލިވެއިނުމަށްފަހު ޕެރަސެޓަމޯލް ބޭނުންކުރުމުން އޯޓިޒަމް ގެ އިތުރުން އޭޑީއެޗްޑީ،އަދި އެހެންވެސް ”ޑިވެލޮޕްމެންޓަލް އިޝޫ“ ތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ޚާއްސަ ސްޓަޑީގެ ފަހަތުގައިވާ ސިއްހީ މާހިރުން ބުނާ ގޮތުގައި ޕެރަސެޓަމޯލް ބޭނުން ކުރަން މާބަނޑުމީހުން ޖެހިލުންވާންވީ ސަބަބެއް ނެތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު […]
އޯރިއޯ ޕުޑިންގ

1 ޕެކެޓް އޯރިއޯ1/2 ޖޯޑު ދިޔާ ކިރު އޯރިއޯގެ ކްރީމްތައް ނަގާފައި ވަކިން ބަހައްޓާށެވެ.އެއަށްފަހު ބިސްކޯދުތައް މުގުރާލާށެވެ.މުގުރާފައި ހުރި ބިސްކޯދުގެ ތެރެއަށް ކިރުފޮދު އަޅައިގެން މޮޑެލާށެވެ.އެއަށްފަހު ކުޑަ ތަބަކެއްގައި ފަތުރާލާފައި އާވިން ކައްކާލާށެވެ.ޕުޑިންގ ހިހޫވުމުން ކްރީމްކޮޅު އޭގެމަތީގައި ހާކާލާށެވެ.ބޭނުންނަމަ ދޮންކެޔޮ ފޮތިކޮށްފައިވެސް އަތުރާލެވިފާނެއެވެ. ނޯޓް: މިއީ ދެ މީހުންނަށް ފުދޭވަރުގެ ޕުޑިންގެކެވެ.ގިނަ މީހުންނަށް ތައްޔާރުކޮށްލާނަމަ ބޭނުންވާ ސާމާނު އިތުރުކޮށްލުމުން ރަނގަޅުވާނެއެވެ.
ސައޫދީއަރަބިއްޔާގެ ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިންނަކީ އަންހެނުން

ސައޫދީއަރަބިއްޔާގައި ހުރި ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިން ނަކީ އަންހެނުންކަމަށް އެގައުމުގެ ކޮމާސް މިނިސްޓްރީން ބުނެފިއެވެ. 2024ވަނަ އަހަރުގެ ރިކޯޑްތައް ދައްކާގޮތުން އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރޭން އަންހެނުންނަށް ނިސްބަތްވާ ތަންތަނުގެ އަދަދުވަނީ 59،800އަށް އަރާފައެވެ. މިއަދަދަކީ މި މުހިންމު ދެ ސެކްޓަރު ގައި ހުރި ތަންތަނުގެ 4.7 އިންސައްތަ ކަމަށް ކަމާބެހޭ ސައޫދީ އިދާރާ ކަމަށްވާ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރިޒަސް ޖެނެރަލް އޮތޯޓީން ހާމަކޮށްފައި ވެއެވެ. […]
އެމެރިކާއަށް ޒިޔާރަތްކޮށްލަން ގަސްދުކުރާނަމަ

ޒަމާނުގެ ތަރައްގީއާއެކު އަޅުގަނޑުމެން ދިވެހިންގެ ތެރެއިންވެސް ބައެއްމީހުންގެ ފުދުންތެރިކަން އިތުރުވެ ކުރިން ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު އޮޅުދޫ ކަރައާއި އުތުރުކަރައިގެ ބަދަލުގައި ޔޫރަޕާއި އެމެރިކާގެ ކަންކޮޅުތައް އިޚްތިޔާރު ކުރުން މިހާރު މިއޮތީ އާންމުވެފައެވެ. އެމެރިކާގައި ދިރިއުޅޭ ކޮންމެ އެއްލައްކަ މީހެއްގެ ނިސްބަތުން މީހުން މެރުމާއި މިލްކިއްޔާތު ފޭރުމުގެ ކުށުގެ ރެކޯރޑް އެންމެ ގިނަ ޝަހަރުތައް އެފް ބީ އައި އިން ދާދި ފަހުން ވަނީ ޢާންމު ކޮށްފައެވެ. 2025 ވަނައަހަރު އެމެރިކާގައި ދިރިއުޅުން […]